ބަޔަކު ތޭރަ އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށް މަރާލަައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ބަޔަކު 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށްފައިވާ މައްސަލައެއް 20 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ކުއްޖާ ހޯދުމަށް ކުރެވުނު މަސައްކަތުން، އެ ކުއްޖާ މަރާލާފައި އޮއްވާ ރޭ ދަންވަރު 2:30 ހާއިރު ފެނިފައިވާ ކަމަށްށެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް ދެ ދިވެހިން ހައްޔަރުކޮށްފައެވެ. އެއީ 17 އަހަރުގެ ފިރިހެން ކުއްޖަކާއި 27 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ދަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.