އާސަހަރާ މިސްކިތުގަ ކޮރޯނާގެ މުޅިން ތަފާތު ވޭރިއަންޓެއް އުޅޭ ކަމަށް މިސްކިތަށްދާ މީޙުން ތުހުމަތުކުރަން ފަށައިފިއެވެ.
"އަޅުގަނޑުމެން މިއަދުވެސް ޢަޞްރުވަޤުތު (3:35) ވީއިރު ތިބީ މިސްކިތުގަ. އެހެންތިއްބާ ނަމާދަށް މިސްކިތަށް އަންނާށޭ (ޙައްޔަޢަލައްޞަލާތި) ކިޔައި ބަންގިގޮވައިފި. ބަންގި ނިމިގެން ގޮވީ ކަލޭމެން ގޭގައި ނަމާދުކުރާށޭ! (ޞައްލޫ ފީ ބުޔޫތިކުމް.) ދެނަ ހަދަންވީ ގޮތެއް ނުއެނގިގެން ކުޑަކޮށް މަޑުކޮށްލީ ޖަމާޢަތުގަ ނަމާދުކޮށްފާނެ ކަމަށް. އަދި ކަށުނަމާދަކަށް 4 ޖަހާއިރު ދާންޖެހޭތީ!
ކޮރޯނާގެ ބިރުވެރިކަން ބޮޑުކަމުން ޖަމާޢަތުގަ ނަމާދެއް ނުކުރި! އެމީހަކާއެމީހަކު ނަމާދުކުރީ. ދެން ކަށުނަމާދުކުރަންޖެހޭނެ ގޮތަކާމެދު ކަންބޮޑުވެގެންހުއްޓާ ކަށުނަމާދުކުރީ ހަމަ ޖަމާޢަތުގަ.
ދެން މިވީ ގޮތެއް ނޭނގިގެން އެމިސްކިތަށް ތަންކޮޅެއް ގިނައިން އަރައިއުޅޭ މީހެއްގާތު އަހައިލުމުން ބުނީ ކޮރޯނާގެ މުޅިން ތަފާތު ވަރަށް ނުރައްކާތެރި ވޭރިއަންޓެއް އެ މިސްކިތުގައި އުޅޭކަމަށް.! ގައިދުރުކޮށް ނަމަވެސް ފަރުޟު ނަމާދުކޮށްފިނަމަ އެ ވައިރަންޓް ވަރަށް ރުޅިގަދަވާ ކަމަށާ ކަށުނަމާދުގަ ކިތަންމެ ގިނަބައަކު ބައިވެރިވެގެން ކުރިނަމަވެސް ކޮރޯނާ އަޅައިވެސް ނުލާކަމަށް!"
ބައަކު ޖަމާޢަތުގައި ނަމާދުކުރުމުން އެމީހުންގެ އީމާންތެރިކަން ބޮޑުވެދާނެތީ ހަސަދަވެރިވުމުގައިވެސް މިއީ ދެން ތަންކޮޅެއް ބޮޑުވަރުކަން ފާހަގަކުރެވެއެވެ.