ސިކުނޑިހަމަނުޖެހޭ މީހަކު ހުޅުމާލޭ މިސްކިތެއްގައި މާރާމާރީ ހިންގައިފި އެވެ. ފުލުހުން ވަނީ އެ މައްސަލަ ބަލަމުންދާ ކަމަށް ބުނެފައެވެ.
ހުޅުމާލޭގައި ދިރިއުޅޭ ބައެއް މީހުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި މިސްކިތްތަކަށް އަރައި ނުބައި އެއްޗެތިކިޔައި ހަމަނުޖެހުން ހިންގުމަކީ އޭނާ ވަރަށް ގިނައިން ކުރާ ކަމެކެވެ. އެކަން ހުއްޓުވަން މިހައިތަނަށް އެކަށީގެންވާ ފިޔަވަޅެއް އަޅާފައި ނުވާކަމަށްވެސް އެމީހުން ބުނެއެވެ.
ހާދިސާގެ ވީޑިއޯ ވަނީ މިއަދުނޫހަށް ލިބިފައެވެ. ނަމަވެސް ހާމަކުރެވޭވަރަށްވުރެ ދަށުދަރަޖައިގެ ނުބައިބަސްތައް ބުނެފައިވާތީ ހާމަނުކުރީއެވެ.
ފުލުހުންގެ ބަސް:
Hulhumale', 171 number flat kairee hunna vaguthee miskithah vadhe adugadhakoh meehunnah undhagoo kuri meehakah, ekanthah egothah nukurumah naseyhaiytheri vi meehakaa maaraamaaree hingi massala eh mirey 1838 ehaikanhaairu fuluhunnah hushahalhaafaivey.
Mi maaraamaareegai ekakah kudhi aniyaa vefaivey.
Mi massala fuluhun dhanee thahuqeeq kuramun.