ސިކުނޑިހަމަނުޖެހޭ މީހަކު ރޭ ހުޅުމާލޭ މިސްކިތަކަށް އަރައި އެތަނުގައި ތިބި މީހުންނަށް އުނދަގޫކުރުމުންނަމަވެސް ދެފަރާތުގެ މެދުގައި މާރާމާ މާރާމާރީއެއް ހިންގި މައްސަލައެއް ބަލަމުންދާކަމުގެ މައުލޫމާތު ވަނީ ޢާނަމުވެފައެވެ. މިކަމާއި ގުޅިގެން އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލަކީ ފުލުހުން ފުރަތަމަ ބަލަންވީ އޭނާއަކީ މިސްކިތްތަކަށް އަރައި އެގޮތަށް އުނދަގޫކުރަމުން އަންނަ މީހަކަށްވާއިރު އެފަދަ ބަލިޙާލުގައި ހުރި މީހަކު އެގޮތަށް އުޅެން ވީއްލިފައި ހުރި މައްސަލަ ނޫންތޯއެވެ؟
އަޅުގަނޑަކީވެސް ހުޅުމާލޭގައި ދިރިއުޅޭ މީހެކެވެ. އޭނާގެ މައްސަލަ ފުލުހުންނަށް ވަނީ އެތައް ފަހަރެއްގެމަތިން ހުށަހަޅާފައެވެ. އޭނާއާއިމެދު ފިޔަވަޅެއް ނުއެޅިހުރީ އެފަދަ މީހުން ބަލަހައްޓާނެ ތަނެއް ފުލުހުންގެ މުއައްސަސާގައި ނެތުމުން ކަމަށްވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެފަދަ މީހުންގެ ކަންކަން ބަލަހައްޓާ ދައުލަތުގެ ކޮންމެވެސް އިދާރާއެއް ހުންނާނެނޫންތޯއެވެ؟
މިހިސާބުން އަޅުގަނޑުގެ ދެވަނަ ސުވާލަކީ ފުލުހުން އެ އިދާރާއަކަށް އޭނާގެ މައްސަލަ ހުށަހެޅިތޯއެވެ؟ މިސުވާލު އުފެދެނީ އޭނާގެ މައްސަލަ ތަކުރާރުކޮށް ހުށަހަލާފައިވާކަމަށް މިސްކިތްތަކަށް އަރާ މީހުން ބުނާތީއެވެ. ތިންވަނަ ސުވާލަކީ ހުށަހަޅާފައި ނެތް ނަމަވެސް މިފަދަ ޙާލުގައި މަގުމަތީގައި އުޅޭ މީހުންގެ ކަންކަން ބެލެހެއްޓޭނެ އިދާރާއެއް ވެސް ހަމަ ދައުލަތުގައި ނެތީތޯއެވެ؟
މިކަންކަން އިންތިޒާމުކުރެވިފައި ނުވާނަމަ ސަރުކާރު ހިންގުމުގެ ނަމުގައި މިކުރަނީ ކޮން ކަމެއް ކަމާއިމެދުވެސް ސުވާލު އުފެދެއެވެ. ކޮންމެއަކަސް މަސްތުވެގެން ތިބޭ މީހުން މިސްކިތްތަކަށް އެރުމާއި ސިކުނޑިހަމަނުޖެހޭ މީހުން ބަރަހަނާ ޙާލުގައި މިސްކިތްތަކަށް އެރުން ފަދަ މައްސަލަތައް ވެސް ކުރިމަތިވަމުން އަންނައިރު މިސްކިތްތައް ޙިމާޔަތްކުރަން ސަރުކާރުން އަޅާ ފިޔަވަޅަކީ ކޮބައިކަމާއިމެދުވެސް ސުވާލު އުފެދެއެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް
މިލިޔުމާއި ގުޅިގެން ފުލުހުން ވިދާޅުވީ ޚާއްޞަ އެހިއަށް ބޭނުންވާ މީހުންނާއިމެދު ފިޔަވަޅު އެޅުމަށް ފުލުހުންނަށް ދަތިތަކެއް ހުންނަ ކަމަށާއި އެފަދަ ކަމެއްގެ ޝަކުވާ ލިބުމުން ޖެންޑަރ މިނިސްޓްރީ އާއި ދައުލަތުގެ ކަމާއި ގުޅުންހުރި މުއައްސަސާތަކުގެ ސަމާލުކަމަސް އެކަން ގެންނަ ކަމަށެވެ.