ގިނަ ބައެއްގެ ޝަކުވާ: ސްޓިކާ ޖަހާ ފުލުހުންނަށް އެއްބައި ތަންތަން ފެނިފައި އަނެއްބައި ތަންތަން ނުފެންނަނީ ކީއްވެ؟

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 5ސ
ގިނަ ބައެއްގެ ޝަކުވާ: ސްޓިކާ ޖަހާ ފުލުހުންނަށް އެއްބައި ތަންތަން ފެނިފައި އަނެއްބައި ތަންތަން ނުފެންނަނީ ކީއްވެ؟

ގިނަ ބައެއްގެ ޝަކުވާ: ސްޓިކާ ޖަހާ ފުލުހުންނަށް އއްބައި ތަންތަން ފެނިފައި އަނެއްބައި ތަންތަން ނުފެންނަނީ ކީއްވެ ކަމާއިމެދު ގިނަ ބައަކު ސުވާލުކުރެއެވެ. މިގޮތުން ސްޓިކާ ޖަހާ ފުލުހުންނަށް އެންމެ ފަސޭހައިން އެންމެ ގިނައިން ފެންނަ ތަންތަނުގެ ތެރޭގައި މަޖީދީމަގުގައި ގިނަ ފިހާރަކެއް ހުންނަ ޖަންބުގަސްދޮށުގޭ ކަންމަތި ފާހަގަކުރެވެއެވެ. 

ގިނަ ބައެއްގެ ޝަކުވާއަކަށްވަނީ ދެރޮނގު ދަމާފައި ހުންނަ، ފުލުހުންގެ ޓްރެފިކް އޮފީހާއި ދާދި ގާތުގައި ހުންނަ އެމްޕީއެލް ކޮށީގެ ކުރިމަތި ފަދަ ސަރަހައްދުތަކުގައި އެތައް ބައިވަރު ވެހިކަލްތައް އަބަދުހެން ޤަވާއިދާއި ޚިލާފަށް ޕާކުކޮށްފައި ހުންނަ އިރު އެތަން ފުލުހުންނަށް ނުފެންނަކަމެވެ. 

ހަމަ އެއާއިއެކު ފިހާރަތައް ގިނަ ސަރަހައްދުތަކުގައި ޕާކުކުރަނީ ދާދިކުޑައިރުިކޮޅަކަށް ނަމަވެސް މިފަދަ ތަންތަނުގެ ކުރިމަތީގައި މާގިނައިރު ޕާކްކޮށްފައި ހުންނަކަންވެސް ގިނަ ބައަކު ފާހަގަ ކުރެއެވެ. 

ދައުލަތުގެ ބަޖެޓަށް ފައިސާ ހޯދަން ކުރާ ކަންކމުގެ ތެރޭގައި ސްޓިކާ ޖެހުން ހިމަނައިގެން ބަޖެޓު ފާސްކޮށްފައި އޮތުމުން ސްޓިކާ ޖަހިނަމަވެސް އިން ޞާފުން އެކަން ކުރުމަށް ގިނަ ބައަކު ދަނީ އެދެމުންނެވެ. 

މި 3 ފޮޓޯއަކީވެސް މިއަދުގެ 12:50 ގައި ނަގާފައިވާ 3 ފޮޓޯއެވެ. އެއްވަގުތަކު ޕާކުކޮށްފައި ހުރި ވެހިކަލްތަކެވެ.

މިއަދު އޮންލައިން