މައްސަލައެއް ކުރިމަތިވާއިރަށް އޮތީ ބައިވެރިޔާ ބަދަލުކުރަން ވިސްނުމެއް ނޫނެވެ! މައްސަލަ ޙައްލުކުރެވޭނެ ގޮތަކަށް ވިސްނުމެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
މައްސަލައެއް ކުރިމަތިވާއިރަށް އޮތީ ބައިވެރިޔާ ބަދަލުކުރަން ވިސްނުމެއް ނޫނެވެ! މައްސަލަ ޙައްލުކުރެވޭނެ ގޮތަކަށް ވިސްނުމެވެ!

ދިރިއުޅުމުގައި މައްސަލަތައް ކުރިމަތިނުވާނެ ހަމައެކަކުވެސް ނުހުންނާނެއެވެ. އެއްވެސް ދެމަފިރިއަކުވެސް ނުތިބޭނެއެވެ. ވީމާ މައްސަލައެއް ކުރިމަތިވާއިރަށް އޮތީ ބައިވެރިޔާ ބަދަލުކުރަން ވިސްނުމެއް ނޫނެވެ. ވިސްނަންވީ މައްސަލަ ޙައްލުކުރެވޭނެ ގޮތެކެވެ. 

މީގެ ތެރޭގައި ދުލުން ގިނަގިނައިން ނުބައި ބަސްބުނުމާއި އަނިޔާވެރިވުމާއި އަޅައިނުލާ ފަރުވާކުޑަކުރުން ފަދަ އެކުގައި ދިރިނުއުޅެވޭނެ މައްސލަތަކެއް ނުހިމެނެއެވެ. މިފަދަ ސިފަތައް އިޞްލާޙް ނުކުރާނަމަ އޮތީ އަވަހަށް އެހެން ގޮތެއް ހޯދުމެވެ. އަނިޔާ އާއި ހިތްދަތިކަމުގައި ދެމިހުރުމެއް ނެތެވެ. 

އެއިގެ ބަދަލުގައި ދިރިއުޅުމުގައި ކުރިމަތިވާ ބައެއް ކުދިކުދި ކަންކަން ކުރިމަތިވާއިރަށް ބައިވެރިޔާ ބަދަލުކުރަން ނުވިސްނާށެވެ. އެކަމެއް ޙައްލުކުރެވޭނެ ގޮތަކާއިމެދު ވިސްނާށެވެ! އަދި އެކަމުގައި ހެޔޮލަފާ މީހުން ދޭ ނަޞޭޙަތް އޮޅުންފިލުވައި ޢަމަލުކުރާށެވެ! 

ދިރިއުޅުމުގައި ދިމާވާ މައްސަލަތައް ޙައްލުކޮށް އުފާވެރި ދިރިއުޅމަކަށް އެދޭނަމަ ފުރަތަމަ ކަމަކަށްވެސް ދެމަފިރިން އެކުގައި ދަމުނަމާދުކޮށް ޛިކުރުކޮށް ދުޢާކުރަންފަށާށެވެ! އެންމެ ކުޑަމިނުން އެކުވައި ފަތިސްނަމާދުކުރަން ފަށާށެވެ. މިކަންކަން ކުރުމަކީ ދިރިއުޅުމުގައި ކުރިމަތިވާ ކުދި ބޮޑު އެންމެހައި މައްސަލަތަކަށް އޮތް އެންމެ ޚާއްޞަ ފަރުވާކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތެވެ! 

މައްސަލައެއް ޖެހޭއިރަށް ބައިވެރިޔާ ބަދަލުކުރާނަމަ ކޮންމެ ހަނދުފޮއި މޫސުމަކަސް އަދި ކަޅުޮއި މީސުމަކަސް ޖެހޭނީ އައި ބައިވެރިއަކު ހޯދާށެވެ. މާނައަކީ އެހައި އަވަސްއަވަހަށް ބައިވެރިޔާ ބަދަލުކުރަންޖެހޭނެ ކަމެވެ. މިއީ އިންސާނުން ޢަމަލުކުރަން އޮތް ގޮތެއް ނޫނެވެ. އެކަމަށް ﷲ ތަޢާލާ ރުހިވޮޑިގެނެއް ނުވެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން