ބޭނުންވާ ތަކެތި:
1 ވައް ދޮންކެޔޮ
2 ސަމުސާ އަސްލު މާމުއި
ހެޔޮވަރުގެ 2 އޮށް ކަދުރު
މޭޒުމަތީ ސަމުސަލެއްގެ މުގުރި އާމަންޑް
ތައްޔާރުކުރާނެ ގޮތް:
ދޮންކެޔޮވަކާއި ކަދުރު ކުދިކޮށް ކޮށާލައި އުލަކުން ޗަސްކޮށްލާށެވެ. އެއިގެ ތެރެއަށް އާމަންޑް ސަމުސާ އަޅައި އެއްކޮށްލާށެވެ. މާމުއި 2 ސަމުސާވެސް އަޅައި އެއްކޮށްލާށެވެ!
ދުޅަހެޔޮ ޞިއްހަތަށް ކުރާ ބޮޑު ޚަރަދު ކުޑަވެ ދުޅަހެޔޮކަން ދާދި އަވަހަށް ލިބެން ފަށާނެއެވެ! އިން ޝާ ﷲ
- ފަޒީގެ ތަޖުރިބާއިން