އުޞޫލުތައް މުގުރާފަ ދެޖިންސުން އެއްވެ ކާފިޔު ގަނޑީގަ ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަން ކުރާތީ ކަންބޮޑުނުވަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
އުޞޫލުތައް މުގުރާފަ ދެޖިންސުން އެއްވެ ކާފިޔު ގަނޑީގަ ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަން ކުރާތީ ކަންބޮޑުނުވަނީ ކީއްވެ؟

"އުޞޫލުތައް މުގުރާފަ 3 ކެފޭއަށްވުރެ ގިނަ ކެފޭތަކުގައާއި ޝީޝާ ލޫންޖުތަކުގައި ކާފިޔު ގަޑީގަ ދެ ޖިންސް އެކުގަ ލަވަޖަހާ ނަށައި ބަނގުރާ ބޮއި އެއްޖިންސުން ގުޅުން ހިންގާ ތަންތަނަށް ދިއުން މާބިރުވެރިކަމެއް ނޫންތޯއެވެ؟" 

މިއީ ހުޅުމާލޭގައި ދިރިއުޅޭ ޒުވާނަކު އޭނާގެ ފޭސްބުކްގައި އުފައްދާފައިވާ ސުވާލެކެވެ. 

މިފަދަ ސުވާލުތައް އުފައްދާ ޒުވާނުންގެ ސުވާލަކީ މިކަންކަމަށް ކަންބޮޑުނުވެ ހެލްތް މިނިސްޓަރު މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރާތީ ކަންބޮޑުވުން ފައުޅުކުރުމަކީ މާނުރައްކައުތެރިކަން ބޮޑު ކަމަކަށް ނުވަނީތީއެވެ؟ އެފަދަ ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ ކަންކަން ކުރުމުން ކަންބޮޑުވާކަން ހާމަނުކޮށް ޖަމާޢަތުގައި ނަމާދުކުރުމުން ކަންބޮޑުވާނަމަ އެފަދަ ބަސްތައް ބުނާ މީހުންނަކީ ސަކިޔުލާފިކުރުގެ މީހުން ކަމުގައި ނުވާނެތޯއެވެ؟ 

މިފަދަ ސުވާލުތައް ޒުވާނުން އުފައްދަމުން ގެންދާއިރު މާލޭގެ ކެފޭއަކަށް މީހަކު އޭނާގެ ބަނޑަށް ނިކަން ބަޑިޖަހާބަލާށޭ ބުނެ އަޑުގަދަކުރަމުން އެއިރު އެތަނުގައި ކޮފީބޯން ތިބި މީހުންގެ މޭޒުމަތީގައި ހުރި ކޮފީ އެމީހުންގެ ހުއްދަ އާއި ނުލައި ބޯން ފެށުމުން އޭނާ ގޮވައިގެން އެތަނަށް ވަން މީހަކު އޭނާ އަތުލަފިކޮށްގެން ނެރެގެން ގެންދިއަކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. 

މިފަދަ ކަންކަން ކޮންމެ ދުވަހަކުހެން ހިނގަމުންދާއިރު އެއިންކަމަކަށް ކަންބޮޑުވެގެން އުޅޭ ފަރާތެއް ނެތި ހަމައެކަނި މިސްކިތްތަކުގައި ނަމާދުކަންބޮޑުވާ ބައަކު އުޅޭކަން އެއީ ގިނަ ބައަކު ކަންބޯދުވާ ކަމެކެވެ.

މިއަދު އޮންލައިން