ކެރަފާ ނަސީމްގެ ހިތުގަ މިޞުރު މީހުންނަށް އޮތް ޢަދާވާތްތެރިކަން ޔަޤީންކުރެވޭ ހެކިތައް- ހެލްތުގެ ވަޒީފާތަކުގަ އިންޑިއާގެ އަށްސަތޭކަ ނުވަދިހަ ނުވައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 45ސ
ކެރަފާ ނަސީމްގެ ހިތުގަ މިޞުރު މީހުންނަށް އޮތް ޢަދާވާތްތެރިކަން ޔަޤީންކުރެވޭ ހެކިތައް- ހެލްތުގެ ވަޒީފާތަކުގަ އިންޑިއާގެ އަށްސަތޭކަ ނުވަދިހަ ނުވައެއް!

ރައީސް އޮފީހުގައި ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތް މިނިސްޓަރު ކެރެފާ ނަސީމް ވަނީ ޜާއްޖޭގައި ތިބި މިޞުރުގެ ޑޮކްޓަރުންގެ ޢަދަދު ގިނަވުމުން ކަންބޮޑުވުން ފައުޅުކޮށްފައެވެ. އެއް ޤައުމަކަށް ނިޞްބަތްވާ 180 ޑޮކްޓަރުން ތިބުމަކީ މައްސަލައެއް ކަމަށް ފާހަގަކޮށްފައެވެ.

ކެރަފާ ނަސީމް މިމޭރުމުން ކަންބޮޑުވުން ފައުޅުކޮށްފައިވާއިރު ހެލްތް މިނިސްޓްރީގެ ވަޒީފާގައި ތިބީ މިޞުރު ރައްޔިތުންގެ ޢަދަދަކީ 173 އެވެ. އިންޑިއާއަށް ނިޞްބަތްވާ 899 މީހުން އެބަ ތިއްބެވެ! އެއިގެ ތެރޭގައި 664 ނަރުހުން ވެސް ހިމެނެއެވެ. ލިބުނު މައުލޫމާތުގައިވާގޮތުން ރެޖިސްޓަރޑް ނަރުހުންގެ ގޮތުގަ ސަރުކާރުގެ ޞިއްޙީދާއިރާގެ ވަޒިފާތަކުގައި ތިބީ މުޅިންވެސް އިންޑިއާ ނަރުހުންނެވެ. 100% އަށެވެ. ލެބޯޓްރީ ޓެކްނީޝަނުންގެ ގޮތުގައި 142 އިންޑިއާ މީހުން ތިބިއިރު ދެންތިބީ 3 ޤައުމަކަށް ނިޞްބަތްވާ އެންމެ 3 މީހުންނެވެ.

މީގެ އިތުރުން ސަރުކާރުން ފާމަސިސްޓުންގެ ގޮތުގައި ބޭރު ޤަުމެއްގެ މީހަކު ގެނގުޅުނުކަން އެނގިފައިވަނީ މީގެ 40 ވަރަކަށް އަހަރުގެވެސް ކުރިން ގެންގުޅުނު ސްރީލަންކާއަށް ނިޞްބަތްވާ (ދިވެހި އަނހެނަކާއި ކައިވެނިކޮށްގެން އުޅުނު) އެންމެ މީހެކެވެ. ނަމަވެސް މިހާރު މާލެ އާއި ޜާއްޖެތެރޭގައި ހުރި އސްޓީއޯ ފާމަސީތަކުގައި އިންޑިއާ ފާމަސިސްޓުން މަސައްކަތްކުރެއެވެ. އަދަދު ހޯދަން އެސްޓީއޯގައި އެދުމުން އަދިވަނީ ނުދީ ހިފަހައްޓައިފައެވެ.

ހެންވޭރުގައި ހުރި އެސްޓީއޯ ފާމަސީން ބޭރު ޤައުމެއްގެ ފާމަސިސްޓަކު މީގެ 4 މަސްވަރުކުރިން ފެނުމުން ސިއްސައިގެން ގޮސް އެއީ ކޮން ޤައުމެއްގެ މީހެއްތޯ ސުވާލުކުރުމުން ޖަވާބު ނުދޭން ތިބެފައިވެސް ބުނީ އިންޑިއާ މީހެއްކަމަށާއި މިހާރު އެސްޓީގައި އިންޑިއާ ފާމަސިސްޓުން ގިނަ ޢަދަދަކަށް އެބަ ތިބި ކަމަށެވެ.

މިކަންކަން ފޫބައްދަން ރޭޑިއޯ ލޮޖީ ކޯސް ހިންގައި ދިވެހިންނަށް ވަޒީފާ ހޯދައިދިނުމުގެ ނަމުގައި ކަންކަން ކުރުމުގެ ބަދަލުގައި ޒަމާނުންސުރެ ދިވެހިން ތިބި ވަޒިފާ ތަކުގައި ދިވެހިން ބޭތިއްބުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ. ދިވެހި ފާމަސިސްޓުން ހޯދަން ކުރި އިއުލާނުގެ ކޮޕީއަކަށް އެދުމުން އެ ލިޔުންވެސް ވަނީ ނުލިބިފައެވެ.

މީޑިއާ އޮފިސަރުގެ ކިބައިން ހަމައެކަނި އަނގަބަހުން ލިބުނު ޖަވާބަކީ "ރާއްޖެތެރޭގެ ފާމަސީތަކުގައި ތިބި ދިވެހިންގެ ފެންވަރުދަށްވުމުން ރައްޔިތުން ޝަކުވާކުރާތީ ފާމަސިސްޓުން ތަމްރީނުކުރާތީ ބައަކު ގެނައީ ކަމަށެވެ. ރާއްޖެތެރެއަށް ދާނެ ފާމަސިސްޓުން ނުލިބެނީ ކަމަށެވެ." 

ރާއްޖެތެރެއަށް ދާނެ ފާމަސިސްޓުން ނުލިބުމުން މާލޭގައި ހުރި ފާމަސީއެއްގައި އިންޑިއާ މީހުން މަސައްކަތްކުރަންޖެހޭ ސަބަބު ވަނީ އޮޅުމެއްގެތެރޭގައެވެ. ސަބަބުތައް ބަޔާންކުރަން ބަސްތައް ގިރިޓީ ކުރި ނަމަވެސް ކަންހުރިމަގަކީ މިއީއެވެ. 

ސަރުކާރުގެ ގިނަ އިދާރާތަކުން ނޫސްތަކަށް ބޭނުންވާ މައުލޫމާތު ނުދީ ހިފަހައްޓަމުން ތެދު މައުލޫމާތު ހާމަކުރަން ބުނެ މީޑިއާތައް ކުށްވެރިވާގޮތަށް ސަރުކާރުގެ އިދާރާތަކުން ބަސްބުނާކަން އަނގައިދެނީ ކޮންކަމެއްކަން ވިސްނެވުން އޮތީ ކިޔުންތެރިންނަށެވެ. 

އެޑިޔުކޭޝަން މިނިސްޓްރީގެ ވަޒީފާތަކުގައި ބިދޭސީ މުވައްޒިފުންގެ އަދަދު ހޯދަން އެދުނުތާވެސް މަސްދުވަސްވެއްޖެއެވެ. ޤައުމީ ސަލާމަތަށްޓަކައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ޢަދަދު ސިއްރުރާ ފަދައިން ސަރުކާރުގައި މަސައްކަތްކުރާ ބޭރު ޤައުމުތަކުގެ މީހުންގެ އަދަދު ނުދެނީ ކޮންކަމެއްގެ ސަލާމަތަށްޓަކައިކަންވެސް ވަޒަންކުރުން އޮތީ ރައްޔިތުނނަށެވެ. 

މައުލޫމާތު ހޯދަން 19 މެއި 2021 ގައި އެސްޓީއޯއަށް ފޮނުވި ސިޓީ:

 

 

މިއަދު އޮންލައިން