ބޭނުންވާ ތަކެތި:
15-20 ވަރަކަށް ހިއްކާފަ ހުންނަ ޕީސް
1 ލުނބޯ
1 ސައިސަމުސާ މުގުރި އިނގުރު
1 ސަމުސާ އެޕްލް ސިޑަރ ވިނިގާ
ފެންތަށްޓެއް
1 ސަމުސާ އަސްލު މާމުއި
ތައްޔާރުކުރާނެ ގޮތް:
ފެންފޮދަކުން ޕީސްކޮޅު ދޮވެލުމަށްފަހު ބިއްލޫރިތަށްޓަކަށް އަޅައިލާށެވެ.
އެއިގެ ތެރެއިން ލުނބޮއެއްގެ ހުތް ފެލައިލާށެވެ.
މުގުރި އިނގުރު ސަމުސަލެއް އަޅައިލާށެވެ.
އެޕްލް ސިޑަރ ވިނިގާ އަޅައިލާށެވެ.
އެއިގެތެރެއަށް ފެންތަށްޓެއް އަޅާލައި ސަމުސަލަކުން ރަނގަޅަށް އެއްކޮށްލުމަށްފަހު 30 މިނިޓް ވަންދެން ބަހައްޓާފައި އަނެއްކާވެސް ސަމުސަލަކުން ރަނގަޅަށް އެއްކޮށްލުމަށްފަހު ފުރާނާލާށެވެ.
ބޭނުންނަމަ އަސްލުމާމުއި ސަމުސަލެއްވެސް އަޅައި އެއްކޮށްލާށެވެ.
ފްރިޖްގައި 3 ދުވަސްވަންދެން ބެހެއްޓޭނެއެވެ. ދުވާލަކު ކުޑަ ޖޯޑެއްގެ ޖޫސްބޭނުންކުރާށެވެ. 15 ދުވަހުގެ ތެރޭގައި ތަފާތު ފެންނާނެއެވެ. އިން ޝާ ﷲ
- ފަޒީގެ ތަޖުރިބާއިން