މާލެ ސިޓީގަ ޖަމާޢަތުގަ ނަމާދުކުރާ މިސްކިތްތަކާ ނަމާދުކުރާ މީހުން ގިނަވަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
މާލެ ސިޓީގަ ޖަމާޢަތުގަ ނަމާދުކުރާ މިސްކިތްތަކާ ނަމާދުކުރާ މީހުން ގިނަވަނީ!

މާލެ ސިޓީގެ 20 ވަރަކަށް މިސްކިތުގައި މިހާރުވެސް ﷲ ތަޢާލާގެ އަމުރުފުޅަށް ކިޔަމަންތެރިވުމުގެ ގޮތުން ޖަމާއަތުގައި ނަމާދުކުރެއެވެ. ޖަމާޢަތުގައި ނަމާދުކުރާ މީހުންގެ އަދަދު ދަނީވެސް ގިނަވަމުންނެވެ. 

އެއިގެ ތެރޭގައި ސަރުކާރުގެ އެކިފެންވަރުގެ ބޭފުޅުންނާއި އަދާލަތު ޕާޓީގެ އިސް ބައެއް ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ. ހަމަ އެއާއިއެކު ކޮވިޑާއި ގުޅިގެން މިސްކިތްތައް ބަންދުކުރިނަމަވެސް މެދުކެނޑުމެއް ނެތި ޖަމާޢަތުގައި ފަރުޟު ނަމާދާއި ހުކުރު ނަމާދުވެސް ދަނީ ކުރަމުން ކަމާއި މާލެ ސިޓީން ކޮވިޑުގެ ނުރައްކާ ބޮޑުތަނުން ކުޑަވުމުން ހުކުރަށްދާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންކަންވެސް ފާހަގަކުރެވެއެވެ. 

މިސްކިތްތަކުގެ ޖަމާއަތަށް ދާން ހުރި ހުރަސްތައް ނައްތާލުމަށާއި ޖަމާޢަތުައި ނަމާދުކުރުމުގެ ރަސްމީ ހުއްދަދިނުމަށް ދީނީ ޢިލްމުވެރިން ގެންދަވަނީ ގޮވާލައްވަމުންނެވެ. 

މިހަފްތާތެރޭގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ދޭން މަސައްކަތްކުރާ ކަމަށާއި ހުއްދަ ދޭނީ ގައިދުރުކޮށް ކަމަށް އިސްލާމިކް މިނިސްޓްރީ އާއި ޙަވާލާދީ ބައެއް ނޫސްތަކުން މިއަދުވަނީ ހާމަކޮށްފައެވެ.

މިއަދު އޮންލައިން