ހިތުގަޖެހޭ ވާހަކަ ދެއްކުމުން ކަންބޮޑުނުވެ ހުރެވޭނެ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ހިތުގަޖެހޭ ވާހަކަ ދެއްކުމުން ކަންބޮޑުނުވެ ހުރެވޭނެ ގޮތް-

މީހަކު ތިބާ ނިކަމެތިކޮށްލަން ބަހެއް ބުނުމުން ކަންބޮޑުވަނީ ކީއްވެގެން ހެއްޔެވެ؟ ގިނަވާނީ އެއްދުވަހު ތައްރީފްކޮށްފައި އަނެއް ދުވަހު ނަފްރަތުކުރާ މީހުންނެވެ. ދެދުވަހު އެއް ގޮތަކަށް ވާހަކަ ދައްކާ މީހުން މިހާރު ވަރަށް މަދެވެ.

އޭނާގެ ބޭނުމެއް އޮތް ނަމަ ތަޢްރީފްކުރާނެއެވެ. ޚުޝާމަދުވެސް ކުރާނެއެވެ. ބޭނުންވާ ކަމެއް ނުވެއްޖެ ނަމަ ރާގު ބަދަލުކުރާނެއެވެ. ކުރިން 100 ކަންތައް ކޮށްދީފައި އޮތް ނަމަވެސް އެކަން ހަނދާނުގައިވެސް ނުހުންނާނެއެވެ. ރުޅި އަންނާނީ އެންމެ ކަމެއް ކޮށް ނުދިނުމުންނެވެ. 

މީހުން ދައްކާ އެބާވަތުގެ ވާހަކައަށް އަޅައިވެސް ނުލާށެވެ! މީހަކު ޙައްޤު ނޫން ގޮތުގައި ކުރާ ނަފްރަތަކުން ނުވަތަ ބުނާ ބަހަކުން ލިބޭނެ އެއްވެސް ގެއްލުމެއް ނުއޮންނާނެއެވެ. ޙައްޤު ގޮތުގައި ހުއްޓާ ކުރާ ނަފްރަތުން އާޚިރަތް ދުވަހު ތިމާއަށް ކުރާނީ ފައިދާއެވެ. 

އެންމެ މުހިންމީ އެއްވެސް މީހެއްގެ އަނގަދަށު ނުވުމެވެ. މީހަކަށް އެއްވެސް ބަހެއް ބުނެވެން ނެތް ގޮތަށް ތިމާގެ ޢަމަލުތައް ބަހައްޓާނަމަ މީހަކު ބުނެފާނެ އެއްޗަކަށް ކަންބޮޑުވާކަށް ނުޖެހޭނެއެވެ. 

ކަން އޮތީ މިމަގުން ނަމަވެސް ހިތާމައަކީ މިއަދުވެސް ގިނަ ބައަކު އެހެން މީހުން ދައްކާ ވާހަކައަށް ވިސްނަން ހަދައިގެން އެބަ މާޔޫސްބަލި ޖެހެއެވެ. އަމިއްލަ ކަންކަން ކުރާނެ ވަގުތުނުވެ މީހުން ދައްކާ ވާހަކަ ދިފާޢުކުރަން އެބަ އުޅެވެއެވެ. ހަމަޔަޤީނުންވެސް އެކަން ވާނީ އަމިއްލައަށް ލިބިގަންނަ އަނިޔާއަކަށެވެ. ވީމާ އަބަދުވެސް މަސައްކަތްކުރަންވީ މީހުން ބުނާ ބަސްތަކަށް ނުވިސްނައި އަމިއްލަ ކަންކަމަށް ވިސްނައިގެން ތިމާ ކުރިއަށްދާން މަސައްކަތްކުރުމަށެވެ.

މިއަދު އޮންލައިން