އެފްރިކާގެ ބައެއް ޤައުމުތަކުގައި ކޮށްފައިވާ ދިރާސާތަކުން އެނގޭ ގޮތުގައި ކަރާ، ލުނބޯ ޖޫހަކީ ކެންސަރާ ދުރުކޮށްދޭ ގިނަ ފައިދާތަކެއް ފިރިހެނުންނަށް ލިބޭ ޖޫހެކެވެ. ހެނދުނާއި މެންދުރާއި އަދި ރޭގަނޑުވެސް ބޯން ވަރަށް ފައިދާހުރި ޖޫހެކެވެ.
މާގިނަ ބާވަތްތަކެއް ބޭނުމެއް ނުވެއެވެ. ބޭނުންވަނީ ޖަގެއްގެ ޖޫސް ގިރާނަމަ އެކަށީގެންވާވަރަށް ކަރައާއި ލުނބޮއެއްގެ ހުތެވެ. މިކްސަރުން ގިރާލައިގެން ބޯންވީއެވެ. އެފަހަރަކަށް ބޭނުންވާ ވަރަށް ގިރާލިނަމަވެސް އަދި އެއް ދުވަހަށް ބޭނުންވާވަރަށް ގިރާފައި ފްރިޖްގައި ބަހައްޓައިގެން ބޭނުންކުރިނަމަވެސް އެންމެ ރަނގަޅެވެ.
މިޖޫހުން ލިބޭ ފައިދާގެތެރޭގައި ކެންސަރާއި ދުރުކޮށްދިނުމުގެ އިތުރުން ފިރިހެނުންނަށް ބޭނުންވާ ދުޅަހެޔޮކަން އިތުރުވާކަމަށްވެސް ދިރާސާތަކުގައި ބުނެއެވެ.
ކަރައާއި ލުބޮއަކީ ހަށިގަނޑަށް ފައިދާހުރި ދެބާވަތެވެ. ތަޖުރިބާކޮށްލެއްވުން ކީއްތޯއެވެ؟ ވާނީ ފައިދާކަން ޔަޤީނެވެ!