ރާއްޖެއަށް ކަރުދާސްހޮޅިއާއިއެކު އެތެރެކުރެވުނު ފުރަތަމަ ބުއިމަކަށް މައިލޯވެއްޖެއެވެ.
މިކަމާއި ގުޅިގެން މައިލޯ އުފައްދާ ނެސްލޭ ކުންފުނިން ބުނެފައިވަނީ ތިމާވެށްޓަށް ގެއްލުންދޭ ޕްލާސްޓިކް އެތެރެކުރުން ހުއްޓާލައި ކަރުދާހަށް ބަދަލުކުރަން ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތަށް މިކަމުން ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށެވެ.
ރާއްޖޭގެ އެންމެ ގިނަ ބައެއްގެ މަޤްބޫލްކަން ލިބި އެންމެ ގިނަބައަކު ބޭނުންކުރަމުން ގެންދާތާ އެންމެ ދުވަސްވީ ތައްޔާރީ ބުއިން ކަމުގައިވާ މައިލޯ ޕްލާސްޓިކް ދޫކޮށްލައި ކަރުދާހަށް ބަދަލުކުރުން ވެގެންދާނީ ތިމާވެށީގެ މައްސަލަތަކުން ސަލާމަތްކޮށް ދުނިޔެ ފެހިކުރަން ކުރާ މަސައްކަތްތަކަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމަކަށެވެ.

ދުނިޔޭގައި ގިނަ ދުވަހު އުފާވެރިކަމާއިއެކު ސަލާމަތުން ތިބެވުން އޮތީ މައްސަލަތައް ޙައްލުކުރަން ކުރަންޖެހޭ ކަންކަން ޢަމަލީ ގޮތުން ކޮށްގެން ކަމުގައިވާއިރު ނެސްލޭ ކުންފުނިން އެޅި މިފިޔަޅު ވެގެންދާނީ ގިނަ ބައެއްގެ މަޤްބޫލުކަން މައިލޯ ތައްޔާރީ ބުއިމަށް އިތުރުވެގެންދާ ސަބަބަކަށްކަން ފާހަގަކުރެވެއެވެ.
ކުޅިވަރުކުޅެން ދުނިޔޭގައި ގިނަ ދުވަހު ތިބެވުން އޮތީ ތިމާވެށީގެ މައްސަލަތަކަށް ސަމާލުކަން ދެވުނު ވަރަކުންނެވެ. އަދި ސަލާމަތްކަމާއިއެކު އަންނަން އޮތް ޖީލުތަކަސް ދުނިޔެ ވާރުތަކޮށްދިނުމަކީ މިއަދު ދުނިޔޭގައި ތިބި މީހުންގެ މަސްއޫލިއްޔަތެކެވެ.
"ރެޑީ ޓު ޑްރިންކް މައިލޯ" އުފައްދާ ނެސްލޭ ކުންފުނިންވަނީ އެކުންފުނީގެ އުފެއްދުންތައް ތިމާވެއްޓާއި ރައްޓެހި އުފެއްދުންތަކަކަށް ހަދަނ ހާއްސަ ކެމްޕެއިނެއް ފަށާފައެވެ.
އެގޮތުން "ލެޓްސް ޕްރޮޓެކްޓް އާތު، އަވާ އޮންލީ ޕްލޭގްރައުންޑް" ކެމްޕެއިނުގެ އަމާޒަކީ ތިމާވެއްޓަށް ގެއްލުންދޭ ޒާތުގެ ޕްލާސްޓިކް ހޮޅި މައިލޯގެ ޕްރޮޑަކްޓްތަކުގައި ބޭނުންކުރުން މުޅިން ހުއްޓާލުމެވެ.

އެކުންފުނިން ބުނެފައިވަނީ މި ކެމްޕެއިންގެ ތެރެއިން ސްރީލަންކާއިން އެކަނި ވެސް އަހަރަކު 90 މިލިއަން އަދި މެލޭޝިއާއިން 200 މިލިއަން ޕްލާސްޓިކް ހޮޅި ބޭނުންކުރުން މިހާރުވެސް ހުއްޓާލެވިއްޖެ ކަމަށާއި މި ކެމްޕެއިންގެ ސަބަބުން ރާއްޖެއިން އަހަރަކު ހަ މިލިއަން ޕްލާސްޓިކް ހޮޅި ސަލާމަތްކުރެވޭނެ ކަމަށެވެ.
އަމާޒަކީ 2030 ގެ ކުރިން އެ ބްރޭންޑުގެ ދަށުން އުފައްދާ ހުރިހާ ޕްރޮޑަކްޓްތަކެއްގެ އިތުރުން، މައިލޯގެ ކާރުހާނާތަކުގައި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ނުވަތަ ނެގެޓިވް އެންވަޔަރަމެންޓަލް އިމްޕެކްޓްސް ސުމަކަށް ކުޑަކުރުން ކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.
ރާއްޖޭގެ އެންމެ ގިނަ ދަރިވަރުން ބޭނުންކުރާ މައިލޯ ބުއިމުން މިގެނައި ބަދަލާއިއެކު ކުޑަކުދިންގެ ހިތުގައި ތިމާވެށީގެ މައްސަލަތަކަށް ސަމާލުކަން އިތުރުވެގެންދާނެކަން ވެސް ފާހަގަކުރެވެއެވެ.