ރާއްޖޭގަ އިސްލާމް ދީނުގެ ދިފާޢުގަ ކެރިގެން ބަސްބުނުމާ ސަރުކާރުން ބޭނުންނުވާ ވާހަކަ ދެއްކުން ޖިނާޢީ ކުށަކަށް ހަދަނީ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ރާއްޖޭގަ އިސްލާމް ދީނުގެ ދިފާޢުގަ ކެރިގެން ބަސްބުނުމާ ސަރުކާރުން ބޭނުންނުވާ ވާހަކަ ދެއްކުން ޖިނާޢީ ކުށަކަށް ހަދަނީ؟

ރާއްޖޭގަ މިހާރު ކުރެވޭ އެންމެ ބޮޑު ކުށަކީ އިސްލާމް ދީނުގެ ދިފާޢުގަ ކެރިގެން ބަސްބުނުމާއި ސަރުކާރުން ބޭނުން ނުވާ ވާހަކަ ދެއްކުން ކަމަށް ބައެއް މީހުން އެބަ ބުނެއެވެ. 

"އިސްލާމް ދީނުގެ ދިފާޢުގަ ޙައްޤު ބަސް ބުނުމަކީ ޖިނާޢީ ކުށަކަށް ހެދުމުގެ ބިލް އެއޮތީ މިހާރު މަޖިލީހުގަ. ދެން ލަހެއް ނުވެ ފެންނާނީ އެކަންކަން ހާމަވާން ސަރުކާރުން ބޭނުން ނުވާ ކަންކަމުގެ ވާހަކަ ދެއްކުން ޖިނާޢީ ކުށަކަށް ހަދަން ބިލެއް ވައްދާތަން. ވީމާ ދީނީ ޢިލްމުވެރިންނާ ނޫސްވެރިން މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ. އަދި ސޯޝަލް މީޑިއާގަ ކަންކަން ހާމަކުރާ މީހުންވެސް."

"ބޮޑުރަސްގެފާނުގެ ވެރިކަމުގަ ފަނޑިޔާރުމަނިކުފާނު ޚުޠުބާ ވިދާޅުވިއިރު ރަސްގެފާނަށް ޘަނާކިޔައި ހެޔޮދުޢާކުރި މިންވަރުކުޑަވެގެން އަރުވާލެވުނު ވާހަކަ ތާރީޚު ފޮތްތަކުގަ ލިޔެފަ އެބަހުރި. މިހާރުވެސް މިއައީ އެފަދަ ޒަމާނެއް! ވެރިކަމުން ހިތްހަމަނުޖެހޭ ވާހަކަ ދެއްކީމަ އަދަބުލިބެންފަށައިފާނެ ލަހެއް ނުވެ! މިހާރުވެސް ޑރ. އިޔާޟަށް އެވަނީ އަދަބުލިބިފަ. ޝައިޚް ޢަލީ ޒައިދު އެހުންނެވީ ފައްތަރެއްގެ މަތީގަ މިހާރުވެސް!" 

މިފަދަ ބަސްތައް ދަނީ އަޑުއިވެމުންނެވެ. އަދި ޑައާނާ އާއި ބެހޭ ގޮތުން ދިވެހި ރައްޔިތަކަށް އެއްވެސް ވާހަކައެއް ނުދެއްކޭނެ ގޮތް ހެދުން ވަރަށް ގާތް ކަމަށްވެސް ދަނީ ބުނެވެމުންނެވެ. 

މިއަދު އޮންލައިން