ލޮލަކީ ހިތުގެ ކުޑަދޮރެއްކަން އެނގޭތަ؟ ލޯ ޤަވާއިދުން ޑޮކްޓަރަށް ދެއްކުމަކީ ހިތުގެ ގިނަ ބޮޑެތި ބަލިތަކަކުން ސަލާމަތްކޮށްދޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ލޮލަކީ ހިތުގެ ކުޑަދޮރެއްކަން އެނގޭތަ؟ ލޯ ޤަވާއިދުން ޑޮކްޓަރަށް ދެއްކުމަކީ ހިތުގެ ގިނަ ބޮޑެތި ބަލިތަކަކުން ސަލާމަތްކޮށްދޭ ކަމެއް!

ގިނަ ބައަކު އެންމެ ބޮޑަށް ފަރުވާކުޑަކުރާ އެއްކަމަކީ އެމީހުންގެ ލޯ ޑޮކްޓަރަށް ދެއްކުމެވެ. ނަމަވެސް ލޮލުގެ ޚާއްޞަ ޑޮކްޓަރަށް ލޯ ޤަވާއިދުން ދެއްކަމުން ގެންދިއުމަކީ ގިނަ ބޮޑެތި ބަލިތަކަކުން ސަލާމަތްކޮށްދޭ ކަމެކެވެ. އެއިގެ ތެރޭގައި ލޭމައްޗަށްދިއުން، ސްޓްރޯކްޖެހުން، ކޮލޮސްޓްރޯލް މަތިވުން ފަދަ ނުރައްކައުތެރި ބަލިތައްވެސް ހިމެނެއެވެ. 

ލޭމައްޗަށް ދިއުމަށް ބަލައިފިނަމަ ލޭމައްޗަށް ދިއުމުގެ ބަލި ހުންނަ މީހުންގެ ތެރެއިން 80 އިންސައްތަ މީހުންނަށް ބަލީގެ ކުރީކޮޅުގައި އެކަން ފާހަގައެއް ނުކުރެވެއެވެ. ނަތީޖާއަކަށްވަނީ ކުއްލިއަކަށް ބޮޑު ގެއްލުމެއް ލިބުމެވެ. ކޮލޮސްޓްރޯލްމަތިވެގެން ސްޓްރޯކް ޖެހުންވެސް މެދުވެރިވަނީ މިފަދަ ނުރައްކައުތެރިކަން ބޮޑު ގޮތަކަށެވެ. 

ލޯ ޑޮކްޓަރުންނަށް ޤަވާޢިދުން ދައްކަންވީ ލޯއަނދިރިވާން ފެށުމަކުން ނޫނެވެ. އެހެނިހެން ބަލިތަކުން ސަލާމަތްވެވެން އޮތް ވަސީލަތަކަށްވާތީއެވެ. ސަމާލުކަންދޭންވީ ބޮޑު އަގެއް ދައްކަން ޖެހުނު ނަމަވެސް ލޮލުގެ ޚާއްޞަ ޑޮކްޓަރުންނަށް ދެއްކުމަށެވެ. ލޯ ފުރިހަމައަށް ބަލައި ޓެސްޓްކޮށްދޭނެ ޑޮކްޓަރުންނަށް ދެއްކުމަށެވެ. ފައިދާކުރާނީ ފުރިހަމައަށް ބަލައި ޓެސްޓްކުރެވުމުންނެވެ. 

ގުޅުންހުރި ލިޔުން: 

https://versanthealth.com/blog/the-eyes-really-are-the-windows-to-the-heart/ 

މިއަދު އޮންލައިން