ފުރަންދިއަ ނެމީބިއާ މީހެއްގެ އަތުން ފިސްތޯލައެއްގެ ވަޒަންތަކެއް ފެނިއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 28ސ
ފުރަންދިއަ ނެމީބިއާ މީހެއްގެ އަތުން ފިސްތޯލައެއްގެ ވަޒަންތަކެއް ފެނިއްޖެ!

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ފުރަންދިއަ ނެމީބިއާގެ އުމުރުން 60 އަހަރުގެ ފިރިހެނެއްގެ އަތުން ފިސްތޯލައެއްގެ ވަޒަންތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. 

މިކަން ހިނގާފައިވަނީ މިއަދު ހެނދުނު 9.30 ހާއިރު ކަމަށާއި ފުލުހުން މިހާރުވެސް ގެންދަނީ އޭނާ އާއި ސުވާލުކުރަމުން ކަމަށް ފުލުހުން ބުނެއެވެ. އިތުރު މައުލޫމާތެއް އަދި ހާމައެއް ނުކުރެއެވެ. 

ނެމީބިއާއަކީ ހުއްދަ ނަގައިގެން ފިސްތޯލަ ފަދަ ހަތިޔާރު ގެންގުޅެން ހުއްދަ ޤައުމެކެވެ. އެހެންކަމުން މިއީ އޭނާ އަންނަމުން ރާއްޖެއަށް އެތެރެކުރި ވަޒަންތަކެއް ކަމުގައިވާނަމަ އެތެރެކުރުވުނު ގޮތަކާއިމެދު ސުވާލު އުފެދެއެވެ.

މިއަދު އޮންލައިން