ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި

ކިޔުމަށް ހޭދަވާނީ 24ސ
ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި

މިދުވަސްކޮޅު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން، ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ށ. އަތޮޅުން ލ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.

މެޓް އޮފީހުން ބުނި ގޮތުގައި މިސަރަހައްދުގައި ހިމެނޭ ރަށްތަކަށް ބޯކޮށް ވާރޭވެހޭނެއެވެ. އަދި ކޮޅިގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާ ކޮށްފައިވެއެވެ.

ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހަވީރު 15:45 އިން މިރޭ 21:45 އާއި ހަމައަށެވެ.

މިއަދު އޮންލައިން