ހިކެން ބޭނުންވާ މީހުން ކަސްރަތަށް ހިނގަންފެށުމުގެ ކުރިން ބޭނުންކުރަން ޚާއްޞަ ބުއިމެއް!

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 32ސ
ހިކެން ބޭނުންވާ މީހުން ކަސްރަތަށް ހިނގަންފެށުމުގެ ކުރިން ބޭނުންކުރަން ޚާއްޞަ ބުއިމެއް!

ބޭނުންވާ ތަކެތި:

10 ހިކިމޭބިސްކަދުރު 

1 ސައިސަމުސާ މުގުރި ފޮނިތޮށި

2 ބޭލީފް

250 އެމްއެލް ފެން 

ތައްޔާރުކުރާނެ ގޮތް: 

ހުރިހާ އެއްޗެއް މިކްސަރަށް އަޅައި 2 މިނިޓްވަންދެން އެއްކޮށްލާށެވެ. ޖޫސް އެހެރީ ތައްޔާރުވެފައެވެ. 

ކަސްރަތަށް ހިނގަންފެށުމުގެ 30 މިނިޓްކުރިން ބޭނުންކުރާށެވެ! ޞިއްހަތަށް ގިނަ ފައިދާތަކެއް ކުރާނެއެވެ. ހަށިގަނޑު ހިކުން އަވަސްވާނެއެވެ. ހިނގުމުން ލިބޭ ވަރުބަލިކަންވެސް ކުޑަވާނެއެވެ. 

ޖޫސްބޯއިރު ބޭނުން ނަމަ 2 ކާފޫރުތޮޅި ކައިލުމަކީވެސް އިތުރު ފައިދާ ކުރާނެ ކަމެކެވެ. މިއީ ސަރުބީ ވިރުން އަވަސްވުމުގެ އިތުރުންވެސް ހަށިގަނޑަށް ފައިދާކުރާ ޖޫހެކެވެ. 

- ފަޒީގެ ތަޖުރިބާއިން

މިއަދު އޮންލައިން