މިއުޅެނީ ރާއްޖޭގައި ފާދިރީންގެ ހާލިތައް ހައްދުވަން ފުރުޞަތު ފަހިކޮށްދޭން ނޫންތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
މިއުޅެނީ ރާއްޖޭގައި ފާދިރީންގެ ހާލިތައް ހައްދުވަން ފުރުޞަތު ފަހިކޮށްދޭން ނޫންތޯ؟

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުން ބޭރު މީހުންނަށް ކުޑަކުޑައަގަކަށް ބިން ދިނުމުން އެބިންތަކުގައި ވަޒަންވެރިވާނީ ފާދިރީންތަކެވެ. މިކަން ހިނގާނީ މީގެ ކުރިން ރިޒޯޓްތައް ތަރައްޤީކުރަން ރަށްތައް ދިނުމުން ކަންކަން މެދުވެރިވި ގޮތަކަށް ނޫނެވެ. އެކަމަށް ކުރަންޖެހޭ ހޭދަބޮޑުވުމުންނާއި ރިޒޯޓުތައް ވަކިން ހުންނާތީ ބޭނުންވާ ވަރަށް ލާދީނީކަން ނުފެތުރުވޭނެތީ ލާދީނީ ޖަމާއަތްތައް ތިބީ މަޑުންނެވެ. 

ވިސްނަވައިލައްވާށެވެ! މާފުށީގައި ރާއްޖޭގެ ޤާނޫނާ ޚިލާފަށް ބަަރްހަނާކަންބޮޑު ގޮތެއްގައި އުޅުނު އިނގިރޭސި އަންހެނަކަށް ނިވާވާން ފުލުހުން ތަކުރާރުކޮށް އެންގެމުން ވެސް އެކަން ނުކުރުމުން އަންހެންމީހާ ފުލުހުންގެ ބެލުމުގެދަށަށް ކުޑައިރުކޮޅަކަށް ގެންދިއުމުން މަޖިލީހުގައި ފުލުހުންނަށް ގޮވި އެއްޗެއްސާ ކުރި ފުރައްސާރަ މިހާރުވެސް އެހެރީ މަޖިލީހުގެ ސައިޓުން ފެންނާށެވެ. 

ވީއިރު ގެންނަން މިއުޅޭ އިންވެސްޓަރުން ކުރާ ކަމަކަށް ފުލުހުން ނުވަތަ ރައްޔިތަކު އެންމެ ކުޑަމިނުން ބަހެއް ބުނެލިނަމަވެސް އެމީހަކު އުލުބައިންދައި ޞަލީބަށް އަރުވައި ކަތުރުންކޮށައި ކާލަށް ކާންދޭނެކަމާއިމެދު ޝައްކުކުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ. 

ރިޒޯޓތައް ތަރައްޤީކޮށްފައިވަނީ ދުނޔޭގެ ފެންވަރުގަ ހޮޓާ ހންގާ ޗޭނުތަކުންނެވެ. އެއިގެ ބަދަލުގައި ރަށްތަކުގައި ބަނޑަހަ ޖަހާނީ ލާދީނީ ޖަމާއަތްތައް އަޑީގައި ތިބެގެން ފޮނުވާ ފާދިރީންތަކެވެ. 

ކުރީގެ ވެރިކަމުގައި ރާއްޖެއިން ބައިވެރިވި ބައިނަލްއަޤްވާމީ ބައެއް ފެއާތަކަށް ފާދިރީންތައް ގޮވައިގެން ކެރަފާ ނަސީމް ގޮސް އުޅުނުކަން އެއރު ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ވަޒަންވެރިވާން މިއުޅެނީ  އެ ފާދިރީންތަކަށް ނުވަތަ އެފަދަ ފާދިރީންތަކަށްވުމީ ވަރަށް ގާތް ކަމެކެވެ. މިއުޅެނީ އެއިރު އެމީހުން ލައްވައި ކުރުވި ކަންކަމަށް ބަދަލުދޭން ކަމަށްވުމަކީވެސް ވަރަށް ގާތް ކަމެކެވެ. މުސްލިމުންގެ ލޭ ނުބޮވޭ ގޮތަށް އެމީހުން މުސްލިމުންނަށް ކިތަންމެ ކުޑަކަމެއް ނަމަވެސް ކޮށް ނުދޭނެކަން އެއީ ޤަބޫލުކުރަންޖެހޭނެ ކަންކަމެވެ. 

މިކަމުގެ ސަބަބުން ގެއްލިގެންދާނީ ދިވެހިންގެ ދީނީ އެއްބައިވަންތަކަން އެކަންޏެއް ނޫނެވެ. ދިވެހިންގެ އަތްމަތިން ގެސްޓްހައުސް ވިޔަފާރިވެސް ފުރޮޅިގެންދާނެއެވެ. އަދި ފަލަސްޠީނާއި ކަޝްމީރުގައި ފަދައިން ދިވެހި ރައްޔިތުން މަގުމަތިވާނެއެވެ. 

މިހާރު ރާއްޖޭގައި ތިބި 50 އަހަރުން މަތީގެ ރައްޔިތުންނަނަށް މިބުނި ކަންކަން ނުފެނި ހިނގައިދާނެއެވެ. ނަމަވެސް 50 އަހަރުން ދަށުގެ  ރައްޔިތުންނަށް މިބުނި ކަންކަން ފެންނާނެކަން އެއީ ޝައްކުކުރަންޖެހޭނެ ކަމެއް ނޫނެވެ. 

ހައުސިންގ ޔުނިޓް އަޅަން ފައިސާ ހޯދުމުގެ ނަމުގައި ރައީސް ނަޝީދުގެ ވެރިކަމުގައިވެސް މިނުބައިކަންބޮޑު ޖަރީމާ ހިންގަން ވަރަށް ބޮޑަށް މަސައްކަތްކުރިއެވެ. ރައްޔިތުންގެ ދުޢާއިން އެފަހަރުވަނީ ސަލާމަތްކޮށްދެއްވަވައިފައެވެ. މިފަހަރުވެސް ރައްޔިތުން ހިތްވަރުކުރައްވައި ދުޢާކުރައްވަވާށެވެ. މާތް ﷲ ހިންމަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ

- މިދިވެހި ބިން ސައްތައިން ސައްތަ މުސްލިމްކަންމަތީގަ އަބަދަށް!

މިއަދު އޮންލައިން