އެކަކު ނަމާދުކުރަން 1 ފަންކާ ހިންގަން ސްވިޗްޖެއްސީމާ 4 ފަންކާ އެކުގަ ޖެހޭނަމަ އިސްރާފްކުރިކަމުގެ ފާފަ އޮންނާނީ ކާކަށް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
އެކަކު ނަމާދުކުރަން 1 ފަންކާ ހިންގަން ސްވިޗްޖެއްސީމާ 4 ފަންކާ އެކުގަ ޖެހޭނަމަ އިސްރާފްކުރިކަމުގެ ފާފަ އޮންނާނީ ކާކަށް؟

މާލޭގެ ބައެއް މިސްކިތްތައް ވައިރުކޮށްފައި ހުރގޮތުން ސްވިޗް ޖެއްސުމުން އެއް ފަހަރާ އެތައް ބޮތްކެއް ދިއްލެއެވެ. އެތައް ފަންކާއެއް ޖެހެއެވެ. 

ސުވާލަކީ ވަކިވަކިން އެކަނި ނަމާދުކުރަން މިސްކިތަށް އަރާމީހުން އެއް ބޮކި ދިއްލަން ނުވަތަ 1 ފަންކާ ހިންގަން ސްވިޗް ޖެއްސީމާ ގިން ބޮކި ދިއްލުމުން ނުވަތަ ގިނަ ފަންކާ ހިނގާތީ އެކަން އިސްރާފަކަށް ނުވާނެ ހެއްޔެވެ؟ އިސްރާފަކަށްވާނަމަ ފާފަވެރިވާނީ މިސްކިތަށް އެރިމީހާ ހެއްޔެވެ؟ ނުވަތަ އެގޮތަށް އެކަން ކުރެވެން ހަމަޖައްސާފައިވާ ފަރާތް ހެއްޔެވެ؟ 

މިފަދަ އެއް މިސްކިތަކީ ޛިކުރާ މިސްކިތެވެ. އެމިސްކިތް އަވަހަށް ހުޅުވަން ސިފައިން ކުރި ބުރަ މަސައްކަތުގެ ތެރެއިން އަވަސްކުރަން ނަމަވެސް ވައިރުކުރެވިފައިހުރީ ގިނަ ފަންކާތަކެއް އެއް ސްވިޗުން ޖެއްސޭ ގޮތަށެވެ. އެއިރަށް އެކަން ހަަމަ ބަރާބަރުކަން ގިނަ ބައަކު ފާހަގަކުރެއެވެ. 

ބައެއް މީހުން އުފައްދާ ސުވާލަކީ ރަމްމާން މަހަށް ހުޅުވި މިސްކިތެއް ހުޅުވަން އެއިރު އަވަސްއަރުވާލައިގެން ކުރެވުނު ކަންކަން ރަނަގަޅު ކުރާހައި ދުވަސް އަދިވެސް ނުވަނީތޯއެވެ؟ ސިފައިންނަށް އިޝާރާތެއް ކޮށްލުމުން ވަގުތުން ރަނގަޅުކޮށްލަދޭނެ ކަމެއްގައި އެކަން ނުކޮށް ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކު އިސްރާފްކުރެވޭބައަށް ފާފަވެރިވާނެ ފަރާތެއް ނުހުންނާނެތޯއެވެ؟

މިއަދު އޮންލައިން