ރާއްޖޭގައި ބެންކޮކް ވިޔަފާރި ފެށިގެން އައިދުވަސްވަރުން ފެށިގެން ވިޔަފާރީގައި މަޝްހޫރު، އަދި ގިނަބައަކާ ވަރަށް ގާތް އެކުވެރިކަމެއް އަބަދުވެސް ބާއްވަވާ އިބްރާހީމް ޢަބްދުލްޢަޒީޒް (ހޯލި އަޒީ) މިއަދު ބެންކޮކްގައި ނިޔާވެއްޖެއެވެ.
ޢަބްދުލްޢަޒީއަކީ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ، ޖޭޕީގެ ނައިބް ލީޑަރ އަމީން އިބްރާހީމްގެ އަނބިކަނބަލުންގެވެސް ބައްޕާފުޅެވެ.
މާތް ﷲ މަރުޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢްމަތް މިންވަރުކުރައްވަވާށި! ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވަވާށި! އާމީން
އަޅުގަނޑުގެ އަންހެނުންގެ ލޮބުވެތި ބައްޕަ ހ. ހާލި އިބްރާހިމް ޢަޒީޒް (ހޯލި އަޒީ) ވަނީ މިއަދު ބެންކޮކްގައި ނިޔާވެފައި. ބައްޕައަށް الله ގެ ފުއްސެވުމާއި ރުއްސެވުން މިންވަރުކުރައްވައި، ކަށްވަޅުގެ ޢަޒާބު ލުއިކުރައްވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވާށި! އާމީން pic.twitter.com/bEU1pPHaPX
— Ameen Ibrahim (@ameenmaldives) July 13, 2021