ޤައުމު ދެބައަށް ބަހާލައިގެން ހިންގަން މިވިސްނާ ޖަރީމާ ހިންގައި ނިމޭއިރު ދިވެހިރާއްޖޭގަ ދިވެހި ރައްޔިތުންނަށް އޮންނާނީ ކޮންއެއްޗެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ޤައުމު ދެބައަށް ބަހާލައިގެން ހިންގަން މިވިސްނާ ޖަރީމާ ހިންގައި ނިމޭއިރު ދިވެހިރާއްޖޭގަ ދިވެހި ރައްޔިތުންނަށް އޮންނާނީ ކޮންއެއްޗެއް؟

މިހާރަކަށް އައިސް އަޑު ގަދަވަމުން މިދަނީ ދިވެހިރާއްޖޭގެ ވެރިކަން 2 ރައީސަކު ގުޅިގެން ހިންގަން އުޅޭ ވާހަކައެވެ. ނަމަވެސް ގިނައީ މިއީ ބައަކަށް ދެން އަރާނެ އެއްވެސް ގޮޅިއެއް ނެތްކަން އަމިއްލައަށް ޤަބޫލުކުރެވުމުން އަރާނެ ގޮޅިއެއް ހޯދަން ދައްކާ ވާހަކަތަކެއްކަމަށް ޤަބޫލުކުރާ މީންނެވެ. 

ސަބަބުތައް: 

1 ރައީސް ޔާމީނުގެ 90 % ސަމާލުކަން ހުންނާނީ އިޤްޠިޞާދަށް

2 ދީނީ ޢލްމުވެރިންގެ ފަހަތުން ދެވެވަޑައެއް ނުގަންނަވާ (މިހައިތަނަށް) 

3 ރާއްޖެ ސެކިޔުލާކުރަން މަސައްކަތެއް ނުކުރައްވާ (މިހައިތަނަށް) 

4 އިންޑިއާއަށް ވިކި އަޅުވެތިވުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާ (މިހައިތަނަށް) 

5 އީޔޫ ގެ ކުރިމަތީގަ ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރެއްވި!

6 ޤަބޫލުފުޅު ކުރައްވަނީ ރާއްޖެ ތަރައްޤީ ކުރެވޭނީ ތަނަވަސްކަންހުރި ތަރައްޤީވެގެން ތިބި ޤައުމުތަކާއި ގުޅިގެންކަން 

 

ދެން އޮތީ ރައީސް ޔާމީނާއި ގުޅެން މަސައްކަތްކުރާ ފަރާތްތަކުގެ ޙާލަތަށް ބަލައިލުމެވެ. 

 

1- އިޤްޠިޞޯދު މި 5 އަކުރު ނުވެސް ދަންނާނެއެވެ. ޝައުޤުވެރިކަމެއްވެސް ނުހުންނާނެއެވެ. 

2- ސެކިޔުލާ މި 4 އަކުރު ވަރަށް ރަނގަޅަށް ދަންނާނެއެވެ. ކުރިއަރުވަން ވަކާލާތުކޮށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެއެވެ. އެމަސައްކަތްކުރާ މީހުން ދިފާޢުވެސް ކުރާނެއެވެ. ހިމާޔަތްވެސްދޭނެއެވެ. މަތީ މަޤާމްތައްވެސް ދެނެއެވެ. 

3- ދީނީ ޢީލްމުވެރިންގެ ބޮލުގައި ދޮގު އިލްޒާމްއަޅުވަން ނުކުރާނެ ކަމެއް ނުއޮންނާނެއެވެ. ކިޔާނެ ނުކިޔާނެ އެއްޗެއް ނުއެގިގެން ރާއްޖޭގެ ގިނަ ، އެންމެ ބޮޑެތި ޢިލްމްވެރިންގެ އިސްތަށިފުޅުގައި އެއްޖިންސުން ގުޅުންހިންގަވާކަމުގެ އިލްޒާމްވެސް ވަނީ އަޅުވައިފައެވެ. 

4- އިންޑިއާއަށް ވިކި، އަޅުވެތިވެގެން ނޫނީ ރާއްޖެ ތަރައްޤީ ނުކުރެވޭނެ ކަމަށް ގެންދަނީ ވަކާލާތުކުރަމުންނެވެ. 

ވީމާ މިއީ ރައީސް ޔާމީނުގެ ވިސްނުންފުޅާއި އެއްވެސް މިންވަރަކަށް ގުޅޭނެ ކަންކަން ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. 

ފަހަރެއްގައި ވިސްނުމުގައި ހުރެގެން މިއުޅެނީ ޤައުމުގެ އިޤްޠިޞާދީ ބައި ރައީސް ޔާމީނަށް ދޫކޮށްލާފައި ރައްޔިތުން ސެކިޔިލާ ކުރުމުގެ މަސައްކަތް އިތުރު ފިޔައަކުން ގެންދަންވާނަމަ އެއީ އަދި މާނުރައްކާތެރިކަން ބޮޑުވާނެ ގޮތެކެވެ. ރައްޔިތުންނަށް އެއްވެސް އެއްޗެއް ނެތި އެކުގައި ހުސްވީއެވެ. ފަލަސްޠީނާއި ކަޝްމީރުގެ ރައްޔިތުންނަށް ޖެހިފައި ތިބި ޙާލު ޖެހި ނިމުނީއެވެ. 

- އިރުފާން/ މިއަދުނޫހުގެ ކިޔުންތެރިއެއް

ނަމާދުކުރެވޭނީވެސް ފައިސާފޮތްޗެއްއަތަށް އަރާނީވެސް ޔަހޫދީން ފަދައިން ހެޔޮފުޅުކަމުން ދެއްވެވިއްޔާއެވެ. ގެންދަން މަސައްކަތް މިކުރަނީ އެ ޙާލަތަށްތޯއެވެ؟

މިއަދު އޮންލައިން