ޑޮކްތަރަށް ބޮޑު ޚަރަދު ނުކޮށް އަމިއްލައަށް ދަތްތަކުން އޮފްއަރާވަރަށް ސާފުކޮށް ހުދުކޮށްލަން ވަރަށް ލުއިފަސޭހަ ގޮތެއް-

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 37ސ
ޑޮކްތަރަށް ބޮޑު ޚަރަދު ނުކޮށް އަމިއްލައަށް ދަތްތަކުން އޮފްއަރާވަރަށް ސާފުކޮށް ހުދުކޮށްލަން ވަރަށް ލުއިފަސޭހަ ގޮތެއް-

ބޭނުންވާ ތަކެތި: 

1 ކެރެޓް 

1 ސައިސަމުސާ ލުނބޯހުތް

ބައި ސައިސަމުސާ މުގުރި ރީނދޫ 

2 ފަހަރު ބުރުހުގަ ޖަހާވަރަށް އެމީހަކު ދަތް އުނގުޅަން ބޭނުންކުރާ ބޭސް 

ތައްޔާރުކުރާނެ ގޮތް:

ކެރެޓް ސާފުކޮށްލުމަށްފަހު ތުނިކޮށް ގާނާލާށެވެ! މިކްސަރަކުން ޗިސްކުރުމުގެ ބަދަލުގައި ފުރޭންޏަކަށް އަޅައި ސަމުސަލަކުން ފިއްތައި ޗިސްކުރާށެވެ! ދިޔަލިބުމުން ލުނބޯހުތާއި މުގުރި ރީނދުލާއި ދަތްއުނގުޅާ ބޭސް ވަރަށް ރަނގަޅަށް އެކުވަންދެން ސަމުސަލަކުން އެއްކުރާށެވެ.

ދުވާލަކު 2، 3 ފަހަރު 2،3 މިނިޓްވަންދެން ބުރުހުގަ ލައިގެން ރަނގަޅަށް ދަތްތަކުގައި ޖައްސައިގެން، ދެދަތް ދޭތެރެވެސް އުނގުޅަމުން ދަތް އުނގުޅާށެވެ. ހަފްތާއެއްހައި ދުވަހުގެ ތެރޭގައި ދަތްތަކުން އޮފްއަރައި ވިދަން ފަށާނެއެވެ. އިން ޝާ ﷲ

- ފަޒީގެ ތަޖުރިބާއިން

މިއަދު އޮންލައިން