ސަރުބީ ވިރުވައި ބަނޑު ހިންދައިދޭ، ގޮހޮރަށް ދުޅަހެޔޮކަން ގެނެސްދޭ، ބޮޑުކަމު ނުދެވޭ މައްސަލައަށް ޙައްލެއް ފަސޭހައިން ލިބޭ ޖޫސް!

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 55ސ
ސަރުބީ ވިރުވައި ބަނޑު ހިންދައިދޭ، ގޮހޮރަށް ދުޅަހެޔޮކަން ގެނެސްދޭ، ބޮޑުކަމު ނުދެވޭ މައްސަލައަށް ޙައްލެއް ފަސޭހައިން ލިބޭ ޖޫސް!

ބޭނުންވާ ތަކެތި: 

2 ސަމުސާ ފްލެކްސް ސީޑް ނުވަތަ 5 ބޮޑު މާބުޅާފަތް

5 ޕްލަމް 

ލުބޮއެއްގެ ހުތް

300 އެމްއެލް ފެން 

ތައްޔާރުކުރާނެ ގޮތް: 

3 ބާވަތް އެކުގައި މިކްސަރަކުން ގިރައިލާށެވެ. ޖޫސް އެހެރީ ތައްޔާރުވެފައެވެ. 

ރަނގަޅީ ނުފުރާނައި ހެނދުނު ހުސްބަނޑާހުރެ ބުއިމެވެ. އަދި 30 މިނިޓްފަހުން ކާއެއްޗެއް ކެއުމެވެ. 

ތަޖުރިބާއިން އެނގޭ ގޮތުގައި މި ޖޫސް ބޭނުންކުރުމުން ސަރުބީގެ އިތުރުން ގޮހޮރުގައި ހަރުލާފައި ހުންނަ ބޭކާރު ކާބޯތަކެތީގެ ބާވަތްތައްވެސް ނެއްޓި ގޮހޮރުގެ ދޮޅަހެޔޮކަމަސް ފައިދާކުރެއެވެ. 

އެންމެ ފަހުގެ ހޯދުންތަކުން އެނގޭ ގޮތުގައި ފްލެކްސް ސީޑް ބޭނުންކުރުމުން ކޮލޮސްޓްރޯލުން ސަލާމަތްވެއެވެ. އަދި ކެންސަރު ޖެހުމާއިވެސް ދުރުކޮށްދެއެވެ. 

މިޖޫސް ތަޖުރިބާކުރި މީހަކު ބުނެފައިވަނީ ފްލްކްސް ސީޑްގެ ބަދަލުގައި ބޮޑެތި ސައިޒުގެ މާބުޅާފަތުގެ 5 ފަތް ލައިގެން ޖޫސްގިރައި ބޭނުންކުރުމުން އޭނާއަށް ޝިފާ ލިބުނު ކަމަށެވެ. މާބުޅާފަތަކީ ބަނޑުހަރުވުމާ ފުރަގަސްފަރާތު ބައްޔަށް ފަރުވާއެއްކަން ދިވެހި ބޭސްހަދާ މީހުންގެ ކބައިން އެނގެއެވެ. 

- ފަޒީގެ ތަޖުރިބާއިން

މިއަދު އޮންލައިން