ކަނބަލުންނަށް ޚާއްޞަ!: އިސްތަށި ބަލިކަށިވެ އޮފްކެނޑި މަރުވާނަމަ ފަސޭހައިން ދެވިދާނެ ފަރުވާއެއް!

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 47ސ
ކަނބަލުންނަށް ޚާއްޞަ!: އިސްތަށި ބަލިކަށިވެ އޮފްކެނޑި މަރުވާނަމަ ފަސޭހައިން ދެވިދާނެ ފަރުވާއެއް!

ބޭނުންވާ ތަކެތި: 

2 މޭޒުމަތީ ސަމުސާ ހަކުރު

2 ސަމުސާ ހޫނުފެން

1 ސަމުސާ އަސްލް ކާށިތެޔޮ

2 ސަމުސާ މޮއިސްޗަރައިޒިންގ ކްރީމް 

ތައްޔާރުކުރާނެ ގޮތް:

އެއްޗަކަށް ހަކުރު އަޅާށެވެ. ހޫނުފެން އަޅައި ރަނގަޅަށް ހަކުރު ވިރެންދެން ސަމުސަލަކުން ގިރާށެވެ. އެއަށް ކާށިތެޔޮފޮދު އަޅާށެވެ. އަދި އެއިގެ ތެރެއަށް އެމީހަކު ބޭނުންކުރާ މޮއިސްޗަރައިޒިންގ ކްރީމް އަޅާށެވެ. 

ބުރުހަކުން ރަނގަޅަށް އިސްތަށިތަކުގާ އުނގުޅުމަށްފަހު 30 މިނިޓް ވަންދެން ބަހައްޓާފައި ސާފުކޮށް ދޮވެލާށެވެ. ހަފްތާއަކު 1،2 ފަހަރު މިގޮތަށް ކަންތައް ކުރަން ފެށުމުން ދާދި އަވަހަށް ނަތީޖާ ފެންނާނެއެވެ. އިން ޝާ ﷲ 

އިސްތަށީގެ މައްސަލަތަކަކީ ޚާއްޞަކޮށް އަނހެންކުދިން އެންމެ ބޮޑަށް ކަންބޮޑުވާ އެއް މައްސަލަތަކެވެ. ރީތި، އޮފްއަރާ ދުޅަހެޔޮ އިސްތަށިގަނޑެއް ލިބިފައިވުމަކީ އަނހެނުންގެ ރީތިކަން އިތުރަށް އެންމެ ބޮޑަށް ފުރިހަމަވާ އެއް ކަންތަކެވެ.  

- ފަޒީގެ ތަޖުރިބާއިން

މިއަދު އޮންލައިން