ލޭމަދުވުމާ، ވަރުބަލިވުން ކުޑަކޮށްދީ، ލޮލުގެ ފެނުން ރަނގަޅުކޮށްދީ މަސްލްތަކުގެ ބާރުގަދަކޮށްދީ ބަނޑުން ސަރުބީ ވިރުވައިދޭ ފަސޭހައިން ތައްޔާރުކޮށްލެވޭ ބުއިމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
ލޭމަދުވުމާ، ވަރުބަލިވުން ކުޑަކޮށްދީ، ލޮލުގެ ފެނުން ރަނގަޅުކޮށްދީ މަސްލްތަކުގެ ބާރުގަދަކޮށްދީ ބަނޑުން ސަރުބީ ވިރުވައިދޭ ފަސޭހައިން ތައްޔާރުކޮށްލެވޭ ބުއިމެއް!

ބޭނުންވާ ތަކެތި:

އާދައިގެ ސައިޒުގެ ބީޓްރޫޓެއް

ދޮންކެޔޮވަކެއް

1 ސައިސަމުސާ އަސްލު މާމުއި

300 އެމްއެލް ފެން 

ތައްޔާރުކުރާނެ ގޮތް: 

ބީޓްރޫޓާ ދޮންކެޔޮވައް ކޮށާލުމަށްފަހު ފެންއަޅައި މިކްސަރަކުން ގިރައިލާށެވެ! ރަނގަޅަށް ގިރުމަށްފަހު މާމުއި ސަމުސާ އަޅައި 2 މިނިޓްވަންދެން މިކްސަރުން ގިރައިލާށެވެ. 

ބުއިން އެހެރީ ތައްޔާރުވެފައެވެ. ކޮންމެ ދުވަހަކު ހެނދުނު ތަށްޓެއްގެ ޖޫސްބޯށެވެ. ލޭމަދުވުމާއި ވަރުބަލިވުން ކުޑަކޮށްދޭނެއެވެ. އަދި ލޮލުގެ ފެނުން ރަނގަޅުކޮށްދިނުމުގެ އިތުރުން މަސްލްތަކުގެ ބާރު ގަދަކޮށްދޭނެއެވެ. ހަމައެއާއިއެކު ބަނޑުގައި ޖަހާ ސަރުބީ ވިރުވައިދޭނެއެވެ. އިސާހިތަކު ބަދަލު ފެންނާނެއެވެ. އިން ޝާ ﷲ 

- ފަޒީގެ ތަޖުރިބާއިން

މިއަދު އޮންލައިން