ބޭހުން ފައިދާ ލިބުން އުނދަގޫ ވަރަށް ގިނަ ބަލިތަކަކަށް މިގޮތަށް ތައްޔާރުކުރާ އިނގުރުފެނުން ޝިފާ ލިބޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ބޭހުން ފައިދާ ލިބުން އުނދަގޫ ވަރަށް ގިނަ ބަލިތަކަކަށް މިގޮތަށް ތައްޔާރުކުރާ އިނގުރުފެނުން ޝިފާ ލިބޭ!

ބޭނުންވާތަކެތި: 

7 ފޮތި އިނގުރު (ފަލަ އިނގުރު ކޮޅަކުން މެދުމިނުގަ ކޮށާފަހުރި) 

ޖޯޑެއްގެ ހަތަރުބައިކުޅަ އެއްބައި ލުނބޯ ހުތް 

ދޮޅު ލިޓަރު ފެން

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ކަމަކަށް ފެންފޮދު 10 މިނިޓް ވަންދެން ކައްކާށެވެ. އިނގުރުކޮޅު އަޅާލައި 15 ވަރަކަށް މިނިޓްވަނަދެން މަޑުގިނީގައި ކައްކާލުމަށްފަހު ބާލައި ފެންފޮދު ހިހޫކޮށްލުމަށްފަހު ފުރާނާލައި އެއިގެ ތެރެއަށް ލުބޯހުތް އަޅައި ސަމުސަލަކުން ރަނގަޅަށް އެއްކޮށްލާށެވެ. ބުއިން އެހެރީ ތައްޔާރުވެފައެވެ. 

ލިބޭނެ ފައިދާތައް: 

ބަނޑާއި ފައިގެ ފަލަމަސްގަނޑާ ފޫކޮޅުގެ މަސްގަނޑުން ސަރުބީވިރުން، ހުޅުތަކުގައި ރިއްސުމުން ސަލާމަތްވުން، ކޮލޮސްޓްރޯލް ލެވެވެލް މަތިނުވުން، ލޭމައްޗަށް ދިއުން ކޮންޓްރޯލްކުރަން އެހީތެރިވުން، ވައިގެ ސަބަބުން ހުޅުތަކުގައި ރިއްސުމުން ސަލާމަތްވުން، ކެންސަރު ޖެހޭ ބައެއް މާއްދާތައް ހަށިގަނޑުން ނައްތައިލުން ހިމެނެއެވެ. އިން ޝާ ﷲ 

ބޭނުންކުރާނީ ހެނދުނު ސައިބުއިމުގެކުރިންނާ ރޭގަނޑު ކެއުމުގެ ކުރިން ތަށްޓެއްގެ ފެނެވެ. 

- ފަޒީގެ ތަޖުރިބާއިން

މިއަދު އޮންލައިން