އައިނު ނާޅާ ލޯ ސަލާމަތްކުރެވޭ ޖޫހެއް-

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 51ސ
އައިނު ނާޅާ ލޯ ސަލާމަތްކުރެވޭ ޖޫހެއް-

ބޭނުންވާ ތަކެތި:

1 ކިޔުކަންބާ (މެދުމިނުގެ) 

ބޮޑު ފިޔައެއް 

1 ލުނބޯ 

ތައްޔާރުކުރާނެ ގޮތް: 

ކިޔުކަންބާ ސާފުކޮށް ދޮވެލުމަށްފަހު ކޮށައިލާށެވެ! ފިޔާ ސާފުކޮށްލުމަސްފަހު ދެވެލައި ކުދިކޮށް ކޮށައިލާށެވެ. މިކްސަރަކަށް އަޅައި އަދި 2 ޖޯޑުފެން އަޅައި ރަނގަޅަށް ގިރާލާށެވެ! ގިރާލުމަސްފަހު ފުރާނާލާށެވެ. 

ޖޫހުގެ ތެރެއަށް ލުނބޮއެއްގެ ހުތްފެލައި ރަނގަޅަށް އެއްކޮށްލާށެވެ! 

ރޭގަނޑު ނިދުމުގެ ކުރިން 1 ތަށި ޖޫސް ބޯށެވެ. ލޮލުގެ ފެނުން ރަނގަޅުވާނެއެވެ. ލޯރަތްވުމާއި ލޯ ވަރުބަލިވުން ފަދަ ކަންކަމުންވެސް ސަލާމަތްވެވޭނެއެވެ. ލޯ އަނދިރިވާކަން އިޙްޞާޞްކުރެވެން ފެށުމުން ކުރީކޮޅުގައި މި ޖޫސް ބޭނުންކުރުމުން އައިނު ނާޅާ ލޮލުގެ ފެނުން ސަލާމަތްކުރެވޭކަން ތަޖުރިބާއިން އެނގެއެނގިފައިވެއެވެ. 

އެމީހެއްގެ ޙާލަތަށް ބަލައި ބޭނުންނަމަ މެދުކަޑާލަމުން ބުއިނަމަވެސް އެންމެ ރަނގަޅެވެ. ނަމަވެސް މެދުކަނޑާލަންވާނީ ކޮންމެ ފަހަރަކުވެސް މަދުވެގެން 3 ރޭ ބުއިމަށްފަހުގައެވެ. މިއީ ހަމައެކަނި ލޯ އަނދިރިވާން ފެށުމުން ބޯންވީ ޖޫހެއް ނޫނެވެ. އަބަދުވެސް ބޮމުން ގެންދަންވީ ޖޫހެކެވެ. 

- ފަޒީގެ ތަޖުރިބާއިން

މިއަދު އޮންލައިން