މިސްކިތު ފަންޑުގަ މިސްކިތްތައް މަރާމާތުކުރާނެ ފައިސާ ހުންނަން ޖެހޭނެ! ދާރުލްއީމާނުގެ ކުލި ބޭނުންކުރޭ!: ޑރ. ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
މިސްކިތު ފަންޑުގަ މިސްކިތްތައް މަރާމާތުކުރާނެ ފައިސާ ހުންނަން ޖެހޭނެ! ދާރުލްއީމާނުގެ ކުލި ބޭނުންކުރޭ!: ޑރ. ޝަހީމް

"މިސްކިތްތައް މަރާމާތު ކުރުމަށް ކައުންސިލްތަކުގައި ފައިސާނެތިގެން އުޅޭ ކަމުގެ މަޢުލޫމާތު ލިބޭތީ ދަންނަވަމެވެ.

ރާއްޖޭގެ މިސްކިތް ފަންޑުގައި ފައިސާ ހުންނަންވާނެއެވެ. އަދި މިސްކިތްފަންޑުގެ ވަޤުފު ބިލްޑިނގ ދާރުލްއީމާނުގެ ކުއްޔަށް އަހަރަކު ލިބޭ އެތައް މިލިއަން ރުފިޔާއަކީ މިސްކިތްތަކުގެ ފައިސާއެވެ.

ވީމާ ކައުންސިލްތަކުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާ މަޝްވަރާކޮށްގެން އެފައިސާ ހޯއްދަވައިގެން މިސްކިތްތައް މަރާމާތު ކުރައްވާށެވެ

މިސްކިތް ބަލަހައްޓަނީ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުންކަމުގައިވަނީ ނަމަ މިސްކިތްފަންޑުގެ ފައިސާއިން ކައުންސިލްތަކަށް ދިނުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެމެވެ.

ދާރުލްއީމާން ވަޤުފު ބިނާއަކީ މިސްކިތްތަކަށްޓަކައި ޤާއިމުކުރި ބިނާއެކެވެ. އެތަނުގެ ކުލިން ލިބޭ ހުރިހާ ފައިސާއަކީ ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގެ ޙައްޤެކެވެ."

ދާރުލްއީމާން 10 ބުރި ޢިމާރާތަކީ ޑރ. ޝަހީމް އިސްލާމިކް މިނިސްޓަރަކަށް ހުންނަވައިގެން ބޭރުގެ އެހީތެރިކަން ވެސް ހޯއްދަވައިގެން އަޅުއްވާފައިވާ ޢިމާރާތެކެވެ. ޢިމާރާތް ކުއްޔަށް ދޭންޖެހޭނީ ފަންދަށް އެންމެ ފައިދާކުރާނެ ގޮތަށް ކަމުގައިވީނަމަވެސް ކުއްޔަށް ދީފައިވަނީވެސް އެކަމަސް ނުބަލައެވެ. އަދި ސަރުކާރުގެ ބައެއް ކުންފުނިތަކުން ޤަވާއިދުން ކުލި ނުދައްކާ ކަމުގެ މައްސަލަތައްވެސް ވަނީ ފެންމަތިވެފައެވެ.

ވަޤުފް ފަންޑުގެ ތަފްޞީލްތަކަކީ އަހަރުން އަހަރަށް ރައްޔިތުންނަށް ލިބެންޖެހޭ ތަފްޞީލްތަކެއް ނަމަވެސް އެކަންވެސް ކުރަމުން ނުގެންދާކަން ވެސް ފާހަގަކުރަންޖެހެއެވެ.

ަ

މިއަދު އޮންލައިން