ކަރާގެ އޮށަކީ ގިނަބައަކު ސަމާލުކަންދޭ އެއްޗެއް ނޫނެވެ. ގިނަ ބައަކު އުކާލަނީއެވެ. އެއީ އެއިން ހަށިގަނޑަށް ލިބޭ ފައިދާތައް ނުއެނގޭތީއެވެ. މިކިޔައިދެނީ ކަރާއޮށުން ފެން ތައްޔާރުކުރާނެ ގޮތާއި އެފެން ބުއިމުން ލިބޭނެ ބައެއް ފައިދާތަކެވެ.
ބޭނުންވާ ތަކެތި:
2- މޭޒުމަތީ ސަމުސާ ކަރާއޮށް
1- ލިޓަރު ފެން
2- ލޮނުމިދު
ތައްޔާރުކުރާނެ ގޮތް:
ކަރާއޮށްކޮޅު ގްރައިންޑަރަކުން މުގުރާލާށެވެ. ފެން ހޫނުވަންދެން ކެއްކުމަށްފަހު ކަރާއޮށާއި ޗިސްކޮށްލާފައި އޮތް 2 ލޮނުމިދު ހޫނުފެނަށް އަޅައި ކައްކާށެވެ.
އުނދުން ނިއްވާލުމަށްފަހު 40 މިނިޓްވަންދެން ފިނިކުރަން ބަހައްޓާށެވެ. ދުވާލަކު 200 އެމްއެލް ފެން ބޯށެވެ. ފްރިޖްގައި ބަހައްޓައިގެން ބޭނުންކުރިނަމަވެސް ބޯންވާނީ ފިނިކަން އެކުގައި ކަނޑުވާލައިގެންނެވެ.
ލިބޭނެ ފައިދާތަކުގެ ތެރޭގަ:
- ހަށިގަނޑަށް ފައިދާކުރާނެ ގިނަ ބާވަތްތަކެއް ކަރާ އޮށުގައި ހިމެނެއެވެ. ލޭ ދައުރުކުރަން ހިތަށް ފަސޭހަކޮށްދޭނެއެވެ. ސިކުނޑިއަށް ބޭނުންވާ މަރާމާތުތައް ކުރަން އެހީތެރިވެދޭނެއެވެ. ކިޑްނީގެ ބަލިތަކަށާއި ކުޑަކަމދިއުމުގެ ނިޒާމުގެ ބަލިތައް ފަސޭހަކުރަން އެހީތެރިވެދޭނެއެވެ. ކިޑްނީގައި އުފެދޭ ހިލަތައް ނައްޓުވާލަން އެހީތެރިވެދެއެވެ.
މީގެ އިތުރުން ލޭގެ ޕްރެޝަރު ކޮންޓްރޯލްކުރަން އެހީތެރިވެދެއެވެ. ދުޅަވެފައި ހުންނަތަންތަނުން ދުޅަ ތިރިކުރަން އެހީތެރިވެދެއެވެ. ހަށިގަނޑުން ވިހަ ފިލުވަންވެސް އެހީތެރިވެދެއެވެ.
އަންހެނުންނަށް އުފާވެރި ޚަބަރަކީ އިސްތަށިގަނޑަށް ރީތިކަން ގެނެސްދޭކަމެވެ. އިސްތަށިގަނޑުން އޮފް ކެނޑުމުން ސަލާމަތްކޮށްދޭ ކަމެވެ.
އެއީ އެންމެ ފައިދާހުރި ގޮތް ނޫން ނަމަވެސް ހަނާކޮށްގެންވެސް ކަރާއޮށް ކައެވެ. އަހަރެން ބުނާނީ ހަނާކޮށްގެން ކެއިނަމަވެސް ދުވާލަކު ގިނަވެގެން 4 ސަމުސަލަށްވުރެ ގިނަ އޮށް ނުކެއުމަށެވެ. ހަށިގަނޑަށް ބާރުބޮޑުވެދާނެތީއެވެ.
- ފަޒީގެ ތަޖުރިބާއިން