ބޭނުންވާ ތަކެތި:
1 ލުނބޯ (ކިބަކޮށްލާފަ)
10 ފޭރުފަތް ( ރަނގަޅު ސައިޒުގެ)
500 އެމްއެލް ފެން
ތައްޔާރުކުރާނެ ގޮތް:
ފެނަށް ފޭރުފަތާއި ލުނބޯ 2 ކިބަ ލައި ރަނގަޅަށް ކައްކާށެވެ. ކެކުމުން ބާލައި 20 މިނިޓްވަންދެން ހިހޫކުރަން ބަހައްޓާށެވެ. ފުރާނާލައިގެން ބޯށެވެ. ރަނގަޅީ ދުވާލަކު 2 އިރު ބޭނުންކުރުމެވެ. މި ބުއިމަސް އަހަރެން ކިޔާނީ ފޭރުފަތުސައެވެ. އެއީ ކައްކައިގެން ތައްޔާރުކުރާތީއެވެ.
ފޭރުން ލިބޭ ފައިދާތައް:
- ސަރުބީ ވިރުވައި ހިއްކައިދިނުން
- ހަކުރުކޮންޓްރޯލްކުރުން
- ވިޓަމިން ބީ ، ވިޓަމިން ސީ އަދި ފައިބަރ ލިބުން
- ޙަޖަމް ރަނގަޅުވެ ބޮޑުކަމުދާން ފަސޭހަވުން
- ކެންސަރު ޖައްސުވާ ސެލްތައް ނައްތާލުން
- ލޭގެ ޕްރެޝަރު ކޮންޓްރޯލްކުރަން އެހީތެރިވެ، ހާޓްއެޓޭކާ ސްޓްރޯކް ޖެހުމުން ސަލާމަތްކޮށްދީ ހިތަށް ދުޅަހެޔޮކަން ގެނެސްދޭ
- ކޮލޮސްޓްރޯލް މަދުކޮށްދޭ
- ޅަ (ގިތި) ފޭރު ކެއުމުން ބޭރަށް ހިންގުން ހުއްޓުވައިދޭ
- ފާރުހިއްކަން އެހީތެރިވެދޭ
ގަހުން ފޭރު ހުސްވެދާނެއެވެ. ނަމަވެސް އަބަދުވެސް ފަތްލިބޭނެއެވެ. ފޭރުން ލިބޭ ހުރިހާ ފައިދާތަކެއް ފޭރުފަތުންވެސް ލިބޭނެއެވެ. ސައިންސްކުރިއަރައި އިތުރު ކަންކަން އެނގުނު ނަމަވެސް އެންމެ ކުރީ ޒަމާނުންސުރެ ފޭރުން ގިނަ ފައިދާތައް ކުރާކަން ވަނީ ޔަޤީންކުރެވިފައެވެ.
- ފަޒީގެ ތަޖުރިބާއިން