ބޭނުންވާ ތަކެތި:
2 ވައް ދޮންކެޔޮ (ދިގު) (ޗަސްވާވަރަށް ދޮންނުވާ)
1 ލިޓަރުފެން
ތައްޔާރުކުރާނެ ގޮތް:
ދޮންކެޔޮވައް ދޮވެލާށެވެ. ދެކޮޅުގަ އިތުރަށް އިންނަ ބައި ބުރިކޮށްލާށެވެ. ތޮށްޓާއިއެކު ބުރިބުރިކޮށްލާށެވެ.
ފެން ލިޓަރު ކައްކާށެވެ. ކެކުނީމާ ދޮންކެޔޮ އަޅައި 10 މިނިޓްވަންދެން ކެއްކުމަށްފަހު ބާލާފައި ލޯވަޅު ތޮރުފި އުނދުޅިއެއްފަދަ އެއްޗެއް ބޭނުންކޮށްގެން ދޮންކެޔޮތައް ނަގާށެވެ.
ދޮންކޭލުގައި ގިނަ އަދަދަކަށް ޕޮޓޭސިއަމް އާއި މެގްނީޒިއަމް ހުރެއެވެ. ގިނައިން ހުންނަނީ ތޮށިގަނޑުގައެވެ. ތޮށިގަނޑުން ލިބޭ ފައިދާ ނުހޯދުމަކީ ދެރަކަމެކެވެ. މިގޮތަށް ކެއްކުމުން ތޮށިގަނޑުގެ ފައިދާވެސް ލިބޭނެއެވެ.
މަސްގަނޑުގެ މަސްލްސްތައް ހަރުވެ ގަނޑުލުމާއި ތަދުވުން ފަދަ ކަންކަމުން ސަލާމަތްވާން މެގްނީޒިއަމް އެހީތެރިވެދޭނެއެވެ.
ނިދަން ބޭސްކެއުމަކީ ހަށިގަނޑަށް ގެއްލުން ލިބޭ ކަމެކެވެ. ބޭހަށް މީހާ ހޭނުމުން ފައިދާއެއްވެސް ނުކުރާނެއެވެ. ނިދާބޭސް ބޭނުންކުރުމުން ބައެއް މީހުންގެ ބަނޑުހަރުވެއެވެ. ބޯއަނބުރައެވެ. ބަނޑުގައި ރިއްސައެވެ. ނާރުތައް ބަލިކަށިކުރުވައެވެ.
ފެން ބޭނުންކުރާނީ ހޫނުކަންމަތީގައެވެ. ނިދުމުގެ 1 ގަޑިއިރުކުރިން ޖޯޑެއްގެ ފެން 15 ވަރަކަށް ދުވަހު ބޮއެފިނަމަ ފަސޭހައިން ނިދިއަންނަން ފަށާނެއެވެ. އިން ޝާ ﷲ
- ފަޒީގެ ތަޖުރިބާއިން
(--"ފަޒީގެ ތަޖުރިބާއިން-" މިގޮތަށް ލިޔަނީ މިއަދުނޫހުގައި ގެނެސްދޭ ރިސިޕީތަކަކީ ފަޒީ އާއި އޭނާގެ ޓީމުން ތަޖުރިބާކޮށްފައިވާ ރިސިޕީތަކަކަށްވާތީއެވެ.)