އަންހެންދަރިފުޅު އޭނާގެ ފިރިމީހާގެ ޝަކުވާ ކުރުމުން 3 ތެލީގަ ކައްކައިގެން ބައްޕަ ދިން ޖަވާބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
އަންހެންދަރިފުޅު އޭނާގެ ފިރިމީހާގެ ޝަކުވާ ކުރުމުން 3 ތެލީގަ ކައްކައިގެން ބައްޕަ ދިން ޖަވާބު!

އަންހެން ދަރިފުޅުގެ އަލަތު ކައިވެނީގައި ދިރިއުޅުނީ ވަރަށް އުފަލުގައެވެ. ކައިވެންޏަށް 3 އަހަރުގައި ފިރިމީހާ ނިޔާވުމުން ދެވަނަ ކައިވެންޏެއް ކުރިއެވެ. ކުރީގެ ފިރިމީހާއަށް ކުރި ފަދައިން ޚިދުމަތް ކުރުމުންވެސް ކުރީގެ ފިރިމީހާގެ ކިބައިން ލިބުނުފަދަ އެއްވެސް ހިތްހަމަޖެހުމެއް ނުލިބެއެވެ. އެހެންވެ އެކަމުގެ ޝަކުވާ ބައްޕައަށް ހުށަހެޅިއެވެ. 

ބައްޕަ ކުރިކަމަކީ 3 ތެއްޔަށް ފެންފޮދެއް އަޅާފައި އުނދުނަށް އުދީއެވެ. އަދި އެއް ތެއްޔަށް ލީ ކުކުޅު ބިހެކެވެ. އަނެއް ތެއްޔަށްލީ ކެރެޓެކެވެ. އަނެއް ތެއަޔްށް އެޅީ ކޮފީ ކޮޅެކެވެ. އިރުކޮޅަކު ކެއްކުމަށްފަހު 3 އުނދުންވެސް ނިއްވައިލިއެވެ. 

އަދި ހިހޫވުމުން ދަރިފުޅު ލައްވައި ކެރެޓާއި ބިސް ތެލިން ނެންގުވިއެވެ. ބުންޏެވެ. "ކުރީ އެއްކަމެކެވެ. އެކަމަކު ކެރެޓް ތިއައޮތީ މަޑުވެފައެވެ. ބިސް ތިއައޮތީ ހަރުވެފައެވެ. މީހުންގެ މިޒާޖަކީވެސް ތަފާތު އެއްޗެކެވެ. ކޮންމެ މީހަކަށްވެސް "ޓްރީޓްކުރަން" ޖެހޭނީ ތަފާތުކޮށެވެ. އެއްގޮތަކަށް ކަންކަން ކޮށްގެން ރަނގަޅެއް ނުވާނެއެވެ." 

ބައްޕަ ދިން މެސެޖު އަޑުއިވުމުން ހިނިއައިސްގެންހުރެ ދެން ކޮފީއަށްމިވީ ކިހިނެއްތޯ ސުވާލުކުރުމުން ބުންޏެވެ. ކޮފީއަށް އަބަދުވެސްވާނެ ގޮތަކީ ވިރިގެންދިއުމެވެ. އަދި އަބަދުވެސް ވާނީ އެންމެ ތާޒާކޮށްދޭ، އެންމެ މީރު ބުއިމަށެވެ."

ދޭން ބޭނުންވާ މެސެޖަކީ ކޮންމެ މީހަކާއިމެދުވެސް އެމީހެއްގެ ރުހުން ހޯދޭނެ ގޮތަށް ޢަމަލުކުރާށެވެ! އެގޮތް ހޯދަން އުނދަގޫވެދާނެއެވެ. ނަމަވެސް މަސައްކަތްކުރުމުން ފެންނާނެއެވެ.

މިއަދު އޮންލައިން