ޒުވާންސިފަ ހަށިގަނޑަށް އިތުރުކޮށްދޭ ޖޫސް-

މިއަދު
ކިޔުމަށް ހޭދަވާނީ 45ސ
ޒުވާންސިފަ ހަށިގަނޑަށް އިތުރުކޮށްދޭ ޖޫސް-

ބޭނުންވާ ތަކެތި:

ފަޅޯ ފަޅިއެއް 

1 ޖޯޑު ސްޓޯބަރީ ކޮޅު ކަނޑާ ސާފުކޮށްފަ

ހެޔޮވަރު ކާށްޓެއްގެ ފެން 

1 ގްރޭޕް ފްރުޓްގެ ހުތް/ދިޔަ

1 ވައް ދޮންކެޔޮ

ތައްޔާރުކުރައްވާނެ ގޮތް:

ހެޔޮވަރު ކުޑަ ފަޅޮލެއްގެ ފަޅިއަކުން ތޮށިމަށާލައި އޮށްތައް ނެގުމަށްފަހު ކޮށައިލާށެވެ. ދޮންކެޔޮވައް ވެސް ތޮށި ނުޅުމަށްފަހު ބުރިބުރިކޮށްލާށެވެ. ސްޓޯބަރީ އާއިއެކު މިކްސަރަކަށް 3 ބާވަތް އަޅައިލުމަސްފަހު ގްރޭޕް ފުރުޓުގެ ދިޔަ އާއި ކާށިފެން އަޅައި މިކްސަރުން ގިރައިލާށެވެ. އެހެރީ ޖޫސް ތައްޔާރުވެފައެވެ. 

ބޭނުން ވަގުތަކު ބޭނުންކުރާށެވެ. ނަމަވެސް އެވަގުތު އެހެން ކާތަކެތި ނުކައި ޖޫސް އެކަނި ގޮހޮރުގައި ހުރުމަށް އިރުކޮޅަކު ފުރުޞަތުދޭށެވެ. 

ހަންގަނޑަށް ތާޒާކަން ލިބި ޒުވާންކަން އިތުރުވާނެއެވެ. ގިނަ ގޮތްގޮތުން ހަށިގަނޑަށް ފައިދާކުރާނެއެވެ. ޙަޖަމްވުންވެސް ރަނގަޅުކޮށްދޭނެއެވެ. އިން ޝާ ﷲ 

- ފަޒީގެ ޓީމުން ތަޖުރިބާކޮށްފަ

މިއަދު އޮންލައިން