ބޭނުންވާ ތަކެތި:
2 އޮރެންޖް
2 ލުނބޯ
އާދައިގެ ފަޅޮލެއްގެ 1 ފަޅި
200 އެމްއެލް ފެން
ތައްޔާރުކުރާނެ ގޮތް:
އޮރެންޖާއި ލޮބޫގެ ތޮށި މަށައިލާށެވެ. އޮށްތަކާއި އެތެރޭގެ ހުދުބައިވެސް ނަގާށެވެ. ފަޅޯވެސް މަށައި ކޮށައިލުމަށްފަހު ފެންއަޅައި ހުރިހާ ބާވަތްއެކުގައި މިކްސަރަކުން ގިރައިލާށެވެ.
ޖޫސް އެހެރީ ތައްޔާރުވެފައެވެ. ރަނގަޅީ ހެނދުނު ހުސްބަނޑާހުރެ ބޭނުންކުރުމެވެ. ހަށިގަނޑުގެ ބަރުދަން ލުއިކުރަން އެހީތެރިވުމުގެ އިތުރުން ޙަޖަމްވެސް ރަނގަޅުކޮށްދޭނެއެވެ. އިން ޝާ ﷲ
- ފަޒީގެ ޓީމުން ތަޖުރިބާކޮށްފައި