ދީލަތިކަމުގެ ބަރަކާތް: ސަލާންޖަހަން އިން މީހަކަށް ކާނެއެއްޗެއް ދިނުމުން ވަގުތުން 1 މިލިއަން ޑޮލަރު ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ދީލަތިކަމުގެ ބަރަކާތް: ސަލާންޖަހަން އިން މީހަކަށް ކާނެއެއްޗެއް ދިނުމުން ވަގުތުން 1 މިލިއަން ޑޮލަރު ލިބުނު ގޮތުގެ ވާހަކަ-

ފެންނަ ފެނުމުގައި އޭނާއަކީ ފަޤީރެކެވެ. ހަރު އުމުރުގެ މީހެކެވެ. ލައިގެން އިނީވެސް ވީދިފައި އޮތް ގަމީހެކެވެ. މީހަކު ވަކިލާރިއެއް ދޭނަމަ ލާނެ ޖޯޑެއްވެސް އަތުގައި އޮތެވެ. 

އޭނާ އެތަނުގައި އިންނަތާ 2 ގަޑިއިރުވީއިރުވެސް އެންމެ ދިރުހަމެއްވެސް ދޭނެ މީހަކު ނުވުމުން ހިނގާ މީހުން އަރައި ހަމަވުމުން ކާނެ އެއްޗަކަށް އެދެން ފެށިއެވެ. ހަމައެކަކުވެސް އަޅައިވެސް ނުލައެވެ. ވަރަށް ސްމާޓްކޮށް ހެދުން އަޅައިގެން ތިބޭ މީހުންވެސް ފަސްދީދަނީ އަޅައިވެސް ނުލާ ތިބެއެވެ. 

އެހެން އިންދާ އައި ޒުވާނަކު ގާތު ކާނެ އެއްޗަކަށް އެދުމުން ވޮލެޓް ބެލިއިރު އެއިގައި އެއްވެސް ފައިސާއެއް ނެތެވެ. ދެން އެ ޒުވާނާގެ ބުރަކަށީގައި އަޅުވާފައި އޮތް ބެކްޕެކް ހުޅުވައި ޕާނަކާއި މަސްދަޅެއް ނަގައި ދީފައި ބުންޏެވެ. "މިވަގުތު އަތަކު އެއްވެސް ފައިސާއެއް ނެތެވެ. މިވަރުން މިވަގުތުގެ ބަނޑުހައިކަން ފިލާނެ ނޫންހެއްޔެވެ؟" 

އެމީހާ ސުވާލުކުރިއެވެ. "އަތުގައި އެއްވެސް ފައިސާއެއް ނެތި ގެއަށް ގެންދަން ގަނެފައި ހުރި އެއްޗެތި ދިނުމުން ގޭގައި ތިބި މީހުން ކާނީ ކޮންއެއްޗެއް ހެއްޔެވެ؟" 

ޖަވާބުގައި ޒުވާނާ ބުންޏެވެ. "މާދަމާ މަސައްކަތު ދިއުމުން ފައިސާ ލިބޭނެއެވެ. މާދަންވަންދެން ކައިލާނެ އެއްޗެތި ޣޭގައި ހުންނާނެއެވެ." 

ސަލާންޖަހަން އިން މީހާ އެހިސާބުން ތެދުވިއެވެ. އަދި ޒުވާނާގެ އަތުގައި ހިފައިގެން ގޮސް ދުރުގައި ޕާކުކޮށްފައި އޮތް ކާރެއްގެ ދޮރު ހުޅުވައި ކުރީ ސީޓުގައި އިށީނުމަށްފަހު ކާރުން ފައިބައި ޒުވާނާގާތު ބުންޏެވެ. "އަހަރެންނަކީ ފަޤީރެއް ނޫނެވެ. ބިލިއަނަރަކެވެ. އަހަރެން މިކަން މިކޮށްލީ މީހުންގެ ޢަމަލުތައް ހުންނަ ގޮތް ވަޒަންކޮށްލުމަށެވެ. މުޖުތަމައުގައި މަދުވެގެން މިއުޅެނީ ތިއަފަދަ ޒުވާނުންނެވެ. މާދަން މަސައްކަތުދާނެ ކަމެއް ނެތެވެ. މިޗެކަށް ފައިސާ ނަގައި އަމިއްލަ މަސައްކަތެއް ފަށާށެވެ." 

އެމީހާ ކާރަށް އަރައިގެން ދިއުމުން ޒުވާނާ އޭނާދިން ޗެކަށް ބަލައިލިއިރު 1 މިލިއަން ޑޮލަރުގެ ޗެކެކެވެ. ޒުވާނާއަށް ޤަބޫލުކުރެވުނީ މިފެނުނީ ހުވަފެނެއް ކަމަށެވެ. ނޫންނަމަ މިހުރެވެނީ އެހެން ދުނިޔެއެއްގައި ކަމަށެވެ. ހުވަފެނެއް ނޫންކަން ޔަޤީންކުރެވުނީ ލޯފުހެލާފައި ބަލައިލުމުންވެސް ޗެކްގައި އިން އަދަދު ފެންނާތީއެވެ. 

މީސްތަކުންނޭވެ! ދީލަތިވާށެވެ! ދަތި ޙާލުގައި ތިބޭ މީހުންގެ ބޭނުންތައް ފުއްދައިދޭށެވެ. ﷲ ތަޢާލާ ދެއްވަވާނެ "ޗެކް"ގައި އިންނާނެ ޢަދަދު މާބޮޑުވާނެއެވެ!

މިއަދު އޮންލައިން