ބުރުނީގޭގަ ހުރި ގަހެއްވެއްޓުމުން ފާރުވެއްޓި ސައިކަލްތަކަކަށް ގެއްލުންވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 26ސ
ބުރުނީގޭގަ ހުރި ގަހެއްވެއްޓުމުން ފާރުވެއްޓި ސައިކަލްތަކަކަށް ގެއްލުންވެއްޖެ

ސަލާތައި ރެސްޓޯރަންޓް ހިންގާ ބުރުނީގޭގަ ހުރި ގަހެއްވެއްޓުމުން ފާރުވެއްޓި ސަރަހައްދުގައި ހުރި ސައިކަލްތަކަކަށް ގެއްލުންވެއްޖެއެވެ. 

ގަސްވެއްޓިގެން ފުލުހުން އެސަރަހައްދަށް ގޮސްފައިވަނީ ހުކުރުން ފޭބި ވަގުތު، ގާތްގަނޑަކަށް 1.15 ހައިއިރުއެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބުނު ކަމުގެ މައުލޫމާތު ލބިފައެއް ނުވެއެވެ. 

ގަހަކީ ބިޔަ ބޮޑު ގަހެކެވެ. ވެއްޓިފައިވަނީ މުލުން ލުހިގެންނެވެ. އެހެންކަމުން ބެލެވެނީ ގަސްވެއްޓިފައިވަނީ ވައިގަދަވުމުން ކަމަށެވެ.

މިއަދު އޮންލައިން