ޚަބަރުގައިވާ ފޮޓޯގައިވާ ސައިކަލް އެތަނުގައި ޕާކުކުރިވަގުތު މީހަކު ބުންޏެވެ. "ތިއަ ޕާކުކުރަނީ މީހުން ހުރަސްކުރާ މަގު މެދުގައެވެ. އެއްކައިރިއަށް ޖައްސާލުން ރަނގަޅުވާނެއެވެ. ފުލުހުންނަށް ފެނިއްޖެނަމަ ސްޓިކާވެސް ޖަހާނެއެވެ."
ޖަވާބުގައި ޕާކުކުރި މީހާ ވާހަކަދައްކަންފެށީ ވަން މިނިޓް ކިޔާފައެވެ. ވަން މިނިޓްގެ ފަހަތުން ކީއެއްޗެތިތަކެއް ކީ ހިންދީ ބަހުންނެވެ. އެހެންކަމުން އެކީއެއްޗެއް ނުއެނގުނެވެ. އެނގުނު ކަމަކީ އަޅައިވެސް ނުލާ ފައިބައިގެން ދިއަ ކަމެވެ.
އެތަނުގައި ތިބި މީހުން އުފެއްދި ސުވާލަކީ "މިވަނީ ކިހިނެއްހެއްޔެވެ؟ ވާން މިއުޅެނީ ކިހިނެއްހެއްޔެވެ؟" ޖަވާބަކީ ވާން އުޅޭ ގޮތް ބުނަން ނުއެނގުނަސް ވަމުންދާ ގޮތް މިދަނީ ލޮލަށް ފެންނަމުންނެވެ.
މިއީ މީހަކު ދިން މައުލޫމާތެއް ނޫނެވެ. ލޯމަތީގައި މިރޭ 8 ޖެހިއިރު ހިނގައިދިއަ ކަމެކެވެ.