މޮޑަރން އިންޓީރިއާއިން ހިޔާފްލެޓްތްކަށް ޚާއްޞަކޮށްގެން 35،000 ރުފިޔާގެ އިނާމު ލިބޭ ދޮރުފޮތީގެ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އެއްއަހަރު ދުވަހަށް ކުރިއަށ ގެންދާ ޕްރަމޯޝަނުގައި ބައިވެރިންގެ ތެރެއިން 1 ވަނައަށް ހޮވޭ ފަރާތަކަށް 20،000 ރުފިޔާ، 2 ވަނައަށް ހޮވޭފަރާތަކަށް 10،000 ރުފިޔާ އަދި 3 ވަނައަށް ހޮވޭ ފަރާތަކަށް 5،000 ރުފިޔާގެ އިނާމު ދިނުމަށް ވަނީ ކަނޑައަޅައިފައެވެ.

މޮޑަރން އިންޓީރިއައިން ބުނީ ޚިދުމްތަ ބޭނުންވާ ފަރާތަކުން އެކަން އަނގައިލުމުން ފްލެޓަށް ގޮސް މިންނަގައި ކަސްޓަމަރު ބޭނުންވާ ފޮތްޗަކުން ދޮރުފޮތި ފަހައިދީ ރޭލިންގ ހަރުކޮށް ދޮރުފޮތި ދަމައިދިނުމުގެ ޚިދުމަތް ދެމުން ގެންދަނީ އެންމެ ހެޔޮ އަގުތަކުގައި ކަމަށެވެ. ޕެކޭޖްތައް އެންމެންނަށްވެސް އަތްފޯރާނެ ކަމަށެވެ.