ފުރަމޭގެ ކެންސަރަކީ އެންމެ ނުރައްކާ އެއް ބަލި! މި ޖޫސް ބުއިމުން ފުރަމޭ ދުޅަހެޔޮކޮށްދޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ފުރަމޭގެ ކެންސަރަކީ އެންމެ ނުރައްކާ އެއް ބަލި! މި ޖޫސް ބުއިމުން ފުރަމޭ ދުޅަހެޔޮކޮށްދޭ!

މިހާރަކަށް އައިސް ކެއުން ބުއިމަށް އައިސްފައިވާ ބަދަލުތަކާއިއެކު ފުރަމޭގެ ބަލިތައް ދަނީ ގިނަވަމުންނެވެ. ފުރަމޭގެ ކެންސަރުވެސް މިދަނީ އިތުރުވަމުންނެވެ. ފުރަމޭއަށް ކަމެއް ދިމާވެއްޖެނަމަ ބަދަލުކުރުމަކީވެސް އެހައިފަސޭހައިން ކުރެވޭ ކަމެއް ނޫނެވެ. އަދި ބަދަލުކުރިނަމަވެސް ކާމިޔާބުވުމުގައިވެސް މައްސަލަތައް ބައިވަރެވެ. 

ވީމާ އޮތް ޙައްލަކީ ފުރަމޭ ދުޅަހެޔޮކަންމަތީގައި ބާއްވަން މަސައްކަތްކުރުމެވެ. މިބުނެދެނީ އެކަމަށް އެހީތޔެރިވާނެ ޖޫހެކެވެ. 

މިޖޫސް ކޮންމެ ދުވަހަކުވެސް ބޭނުންކުރާށެވެ. 2 އިރުވެސް ބޭނުންކުރެވިދާނެއެވެ. ފުރަމޭގައި ހަރުލާފައި ހުންނަ ވިހަތައް ނައްތާލައިދޭނެއެވެ. ދުޅަވެސް ތިރިކޮށްދޭނެއެވެ. އަދި ފުރަމޭގެ އެންމެ ބޮޑު އެއް ދުޝްމިނަކީ ބަނގުރާކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނެއެވެ. 

ބޭނުންވާ ތަކެތި:

1 ކިޔުކަންބާ

އެކަށީގެންވަރަށް ޕާސަލީ ފަތްކޮޅެއް 

1 ލުނބޯ 

100 އެމްއެލް ފެން 

ތައްޔާރުކުރާނެ ގޮތް: 

ކިޔުކަންބާ އާއި ލުނބޯ މަށާލުމަށްފަހު ކޮށައިލާށެވެ. ޕާސްލީ ފަތްކޮޅުވެސް ކޮށައިލުމަސްފަހު ފެންއަޅައި މިކްސަރަކުން ގިރައިލާށެވެ. ބުއިން އެހެރީ ތައްޔާރުވެފައެވެ. 

މަހެއްހައި ދުވަހު ބޭނުންކުރުމަށްފަހު މެދުކަނޑާލާށެވެ. ދުވަސްކޮޅެއް ފަހުން އަނެއްކާވެސް ބޭނުންކުރާށެވެ. 

- ފަޒީގެ ޓީމުން ތަޖުރިބާކޮށްފަ

މިއަދު އޮންލައިން