ހަނދާނުން ނުފިލާނެ މަޝްހޫރު "ވިޔަޒޯރު"- ޗިޅިޔާ މޫސާ މަނިކު އަވަހާރަވެއްޖެ!

މިއަދު
ކިޔުމަށް ހޭދަވާނީ 55ސ
ހަނދާނުން ނުފިލާނެ މަޝްހޫރު "ވިޔަޒޯރު"- ޗިޅިޔާ މޫސާ މަނިކު އަވަހާރަވެއްޖެ!

ދިވެހިންގެ ހަނދާނުން ނުފިލާނެ މަޝްހޫރު "ވިޔަޒޯރު" ޗިޅިޔާ މޫސާމަނިކު ނިޔާވި ކަމުގެ ޚަބަރު ލިބިއްޖެއެވެ. 

މަޝްހޫރު ކުރެހުންތެރިޔާ އަދި ފިލްމްކުޅުންތެރިޔާ ޗިޅިޔާ މޫސާމަނިކަކީ އެންމެންނާއިވެސް ވަރަށް ގާތް އެކުވެރިއެކެވެ. އަދި ލިޔުންތެރިއެއްވެސްމެއެވެ. ގަދަވެސަލާމަތުން ހުންނަވާނަމަ ބަރާބަރަށް އާސަހަރާ މިސްކިތުގެ ޖަމާއަތަށް ވަޑައިގަންނަވާ ތަޤްވާވެރިއެކެވެ. 

އަބަދުވެސް ހިނިތުންވެގެން ހުންނަވާ ޗިޅިޔާ މޫސާމަނިކަކީ ދިވެހި ނާދީ ހިންގި ދުވަސްވަރު އެޖަމިއްޔާގައިވެސް ވަރަށް ބޮޑަށް ޙަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅެކެވެ. ދިވެހި ޑްރާމާތަކާއި ފިލްމްތަކުގައި ތަފާތު ރޯލް ކުޅުއްވި ޢަބުރުވެރި ބަޠޮލެކެވެ. 

ޓީވީއެމުން ތައްޔާރުކުރަންފެށި ބޮޑުތަކުރުފާނު ފިލްމުގައި އަދާކުރައްވާފައިވާ ވިޔަޒޯރުގެ ރޯލަކީ ދިވެހިންގެ ހިތްތަކުން ފިލުވައިލެވޭނެ ރޯލެއް ނޫނެވެ.

ޗިޅިޔާ މޫސާމަނިކު ވަނީ މިއަދުނޫހުން ބޭއްވި "ކްރިސްޓަލް އެވޯޑް 2008"ގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑްވެސް ޙާޞިލުކުރައްވައިފައެވެ.  

މަރުޙޫމްގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢްމަތް ދެއްވެވުން އެދި ދުޢާކުރަމުއެވެ. ޢާއިލާއަށް ކެތްތެރިކަން ދެއްވެވުން އެދިވެސް ދުޢާކުރަމުއެވެ!

މިއަދު އޮންލައިން