ކޮވިޑްދެކެ ގަތްބިރުން ބައެއް އިމާމުން އަދިވެސް ނަފްސާނީ ބިރުވެރިކަމެއްގަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
ކޮވިޑްދެކެ ގަތްބިރުން ބައެއް އިމާމުން އަދިވެސް ނަފްސާނީ ބިރުވެރިކަމެއްގަ-

ދުނިޔޭގެ އެހެން ޤައުމުތަކަށް ނުލިބޭ ކޮވިޑް 19 އާއިބެހޭ މައުލޫމާތު ރާއްޖެއަށް ލިބިގެން ވަރަށް ފުރިހަމައަށް ކުރިއަށް ގެންދެވުނު ކޮވިޑް 19 ގެ ބިރުވެރިކަމާއި ގުޅިގެން މިސްކިތްތަކުގެ ބައެއް އިމާމުންގެ ހިތުގައި އުފެދުނު ބޮޑު ބިރުވެރިކަމުގެ އަސަރު ނަފްސާނީ ބިރުވެރިކަމަކަށްވެފައިވާކަން ހާމަވަމުން އެބަދެއެވެ. 

ކޮވިޑާއިބެހޭ މައުލޫމާތު މުޅި ދުނިޔެއިން ވެސް އެންމެ ރަނގަޅަށް ލިބުނު ރާއްޖޭގެ ރަސްމީ އިދާރާތަކުން މާސްކް އަޅައިގެން މަގުމަތީގައި އުޅެން އަންގާފައި އޮތް ނަމަވެސް މާސްކް ނާޅާ ގިނަ ބައަކު މަގުމަތީގައި މިހާރު އުޅޭކަން ފާހަގަކުރެވެއެވެ. އަދި އެމީހުން ހުއްޓުވައި ޖުރުމަނާކުރުން، ނަޞޭޙަތް ދިނުން ފަދަ ކަންކަން ފުލުހުން މިވަގުތު ނުކުރާކަންވެސް ފާހަގަކުރެވެއެވެ. 

އެހެންކަމުން މަގުމަތީގައި މާސްކް ނާޅާ ހިނގާފައި މިސްކިތަށް ދިއުމުން ބައެއް އިމާމުން އެމީހުންނަށް މާސްކްދީ މިސްކިތުގައި މާސްކް އަޅަން އެބަ ބުނެއެވެ. އެފަދަ ކަންކަން ހިނގުމުން ގިނަ ބައަކު އުފައްދާ ސުވާލަކީ މަގުމައްޗަށްވުރެވެސް މިސްކިތްތަކުގައި ކޮރޯނާ ފެތުރުން ބޮޑުވަނީތޯއެވެ؟ ކޮފީޝޮޕްތަކުގައި 2 ، 3 ގަޑިއިރު އެކަކު އަނެކަކަށް ކުރިމަތިލައިގެން އެތައް ބައަކު މާސްކްނާޅައި ތިބޭއިރަށްވުރެ އެކަކު އަނެކަކަށް ކުރިމަތިނުލައި ނަމާދުކުރަން ހޭދަކުރާ 5 މިނިޓުއިރުގެ ނުރައްކާތެރިކަން ހަމަ ބޮޑީތޯއެވެ؟ 

ރާއްޖޭގައި އުޅޭ ކޮރޯނާގެ ބާވަތަކީ މިސްކިތްތަކާއި މިސްކިތްތަކަށް އަރާ މީހުންދެކެ ވަރަށް ރުޅިއަންނަ ކޮރޯނާއެއްކަމަށް ކުރިން ސުރެ ގިނަބައަކު އަންނަނީ ބުނަމުންނެވެ. ނަމަވެސް އެކަން ތަޖުރިބާކުރި މީހުން ބުނަނީ ކޮރޯނާ އެންމެ ބޮޑަށް ޖެހިލުންވަނީ މިސްކިތްތައް ދެކެ ކަމަށެވެ. 

ސަބަބެއް ކަމަށް ބުނަނީ ރާއްޖޭގަ އެންމެ ފަހުން ނެގި ކޮރޯނާގެ އެންމެ ބޮޑު ރާޅާއި ގުޅިގެން ރަސްމީކޮށް މިސްކިތްތައް ބަންދުކޮށްފައި ހުރި ދުވަސްތަކުގައި، ދުވާލަކު 2200 މީހުން ޕޮޒިޓިވްވަމުން އައިއިރުވެސް މިސްކިތްތަކުގައި 5 ވަގުތު މާސްވެސް ނާލައި 5 ވަގުތު ސުންނަތާއި އެއްގޮތަށް ދެފައި ޖައްސައިގެން ނަމާދުކުރި މީހުންނާއި ކޮރޯނާ ކައިރިވުން އިންތިހާއަށް މަދުވުމެވެ. އެގޮތަށް ނަމާދުކުރި އެއްވެސް މީހަކު އެޑްމިޓްކުރަންޖެހުން ، ކޮރޯނާ ޖެހިގެން މަރުވުން، އަދި އެފަދަ މީހެއްގެ ގޭގައި އުޅޭ މީހަކަށްވެސް އެފަދަ ކަމެއް މެދުވެރިވެފައި ނެތުން ފަދަ ފަދަ ސަބަބުތަކެވެ. 

ދުނިޔޭގެ އެހެން ޤައުމުތަކަށް ނުލިބޭ ކޮވިޑް 19 އާއިބެހޭ މައުލޫމާތު ރާއްޖެއަށް ލިބުނުކަން އެނގޭ އެންމެ ބޮޑު 2 ސަބަބަކީ މީހުން ގާތްގާތުގައި ތިބުން މަނާއިރު އެތައް ސަތޭކަ ބައަކު ކިޔޫގައި ހަފްތާއެއްވަންދެން ކޮންމެ ދުވަހަކު ބޭތިއްބުމުންވެސް ކޮރޯނާ ނުޖެހޭނެ ކަމާއި ޢީދު ނަމާދުކުރުމުން ކޮރޯނާ ޖެހޭނެކަން އެނގިފައި ޢީދުނަމާދު ވަގުތުގެ 2 ގަޑިއިރުފަހުން އެތައް ސަތޭކަބައަކު ފުނިޖެހި އެތައް އިރެއްވަންދެން ތިބުމުން ވެސް ކޮރޯނާ ނުޖެހޭނެކަން އެނގިފައި ވުމެވެ. 

މިސްކިތްތަކާއިމެދު ޚާއްޞަކޮށް ޖަމާޢަތުގައި ނަމާދުކުރުމާއިމެދު ހިތުގައި ބިރުވެރިކަން އުފައްދުވަން މިވަރަށް ރާއްޖޭގައި މަސައްކަތްކުރާ ސަބަބާއިމެދު ގިނަބައަކު ސުވާލު އުފައްދައެވެ.

މިއަދު އޮންލައިން