ރާއްޖޭގަ އެންމެ ގިނައިން ދޮގުފަތުރާ، ޢަބުރަށް އަރައިގަންނަ ފަރާތުގެ ވާހަކަ އާ ސަބަބުގެ ވާހަކަ އިއްޔެގެ ޚުޠުބާއަކު ނެތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ރާއްޖޭގަ އެންމެ ގިނައިން ދޮގުފަތުރާ، ޢަބުރަށް އަރައިގަންނަ ފަރާތުގެ ވާހަކަ އާ ސަބަބުގެ ވާހަކަ އިއްޔެގެ ޚުޠުބާއަކު ނެތް-

މުސްލިމުންގެ 2 ވަނަ ޚަލީފާ ޚުޠުބާ ވިދާޅުވާން މިންބަރަށް އަރައިވަޑައިގަތްވަގުތު މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވާފައި ނޫނީ ޚުޠުބާ ވިދާޅުވިކަން އެނެގެން އެބައޮތެވެ. އެއީ ހުރިހާ ރައްޔިތުންނަށް ހަމައަށް ބެހި ފޮތި ގަނޑަކަށްވުރެ ބޮޑު ފޮތިގަނޑަކުން ހެދުންކޮޅު ތުރުކުރައްވައިގެން ހުންނެވުމުންނެވެ. މައްސަލަ ޙައްލުވީ ދަރިކަލުން ޢަބްދުﷲގެފާނު، އެކަލޭގެފާނަށް ލިބިވަޑައިގެންނެވި ފޮތގަނޑުވެސް ބައްޕާފުޅަށް ދެއްވެވިކަމަށް ވިދާޅުވުމުންނެވެ. 

މިއީ ވެރިން ޖަވާބުދާރީވާންޖެހޭކަން އަނގައިދޭ ފުރިހަމަ މިސާލެކެވެ. މިވާހަަކ ތަންކޮޅެއް ޚުޠުބާތަކުގައި ޜާއްޖޭގައިވެސް ކިޔައި އުޅުނެވެ. 

ނަމަވެސް މިއަދު ވެރިއަކާއި ބައްދަލުކުރަން އުޅުނަސް އެކަމެއްވެސް ނުވެއެވެ. ބިޒީކަން ބޮޑުކަމުންނެވެ. ސުވާލެއް ކުރެވޭނެ ގޮތެއް ނެތެވެ. ފޯނުން ސުވާލެއް މެސެޖުކުރިނަމަވެސް ޖަވާބެއްވެސް ނުދެއެވެ. އަދި ކިރިޔާވެސް ފޯނަށް މީޑިއާ އޮފިސަރުވެސް ޖަވާބުދެނީ މަދު މުއައްސަސާއަކުންނެވެ. ސަރުކާރުން ހިންގާ ރައްޔިތުންގެ ބައެއް ކުންފުނިތައްވެސް (އެސްޓީއޯ ފަދަ) އޮތީ ހަމަ މިފަދަ ޙާލެއްގައެވެ. 

ވީމާ އމާމް ވިދާޅުވާ މައުލޫމާތު ހޯދަން ނޫސްތަކަށް ވަނީ ދަތިތައް ކުރިމަތިވެފައެވެ. ރައްޔިތުންނަށް ވަނީ ދަތިތައް ކުރިމަތިވެފައެވެ. ޞައްހަ މައުލޫމާތު ހޯދަން ދީނުގައި އޮތްފަދައިން ޞައްޙަ މައުލޫމާތު ދޭންވެސް ދީނުގައި އެބަ އޮތެވެ. ނުދިނީމާ އަޅާ ނުލައި މިއަދު ރައްޔިތުންނެއްވެސް ނޫސްތަކަކުންވެސް ނުތިބޭނެއެވެ. 

ދެން އޮތީ ދޮގު ފެތުރުމުގެ ވާހަކައެވެ. ޢަބުރުކަތިލުމުގެ ވާހަކައެވެ. އެ 2 ކަންތައްވެސް އެންމެ ގިނައިން ކުރަނީ ރައްޔިތުންގެ މަޖިލީހުންނެވެ. ރައްޔިތުންގެ މަޖިލީހުން ވަނީ ދޮގުހެދުން ހުއްދަކޮށް ޤަވާއިދު ފާސްކޮށްފައެވެ. މަޖިލީހުގައި ދައްކާ ވާހަކަތަކަކީ ޙަޤީޤަތަށްވާން ނުޖެހޭނެކަން ރިޔާސަތުން ވަނީ އެތައް ފަހަރަކު އިއުލާނުކޮށްފައެވެ. 

މަޖިލީހުގެ ޖަލްސާތައް ލައިވްކުރެއެވެ. ހަދާ ދޮގުތައް ރައްޔިތުންނަށް ވަގުތުން އަޑުއިވެއެވެ. ދޮގު އެދަނީ ވަގުތުން މުޅި ރާއްޖެއަށް ފެތުރެމުންނެވެ. ދޮގު ހެދުމާއި ދޮގު މައުލޫމާތު ފެތުރުމާއި މީހުންގެ އަބުރު ކަތިލުން އެއީ ބޮޑު ފާފައެއްކަން ރައްޔިތުންނަށާއި ނޫސްތަކުންނަށް އަންގައިދޭފަދައިން މަޖިލީހަށް ވެސް އަންގައިނުދެނީ އިސްލާމް ދީނުގައި މަޖިލިސް މެންބަރުންނަށް ދޮގުހެދުމާއި ޢަބުރުކަލުން ހުއްދަކުރައްވާފައިވާތީތޯއެވެ؟ ހަމަޤައިމުވެސް އެކަން އެގޮތަށް އޮންނާނެ ކަމަކަށް އެއްވެސް މުސްލިމަކު ޤަބޫލެއް ނުކުރާނެއެވެ. 

ވީމާ ޚުޠުބާ ލިޔުއްވާ ބޭފުޅުންވެސް ކަމުގެ އެއްފަރާތް ހާމަކުރާނަމަ އެއީ އިސްލާމް ދީނުގައި އޮތް ގޮތަށް ކުރެވޭ ކަމެއްކަމަށްވާނެތޯއެވެ؟ ޚުޠޫބާ ލިޔުއްވާ ބޭފުޅުންވެސް ކަންކަމުގެ ޙަޤީޤަތް ހޯދަވައިގެން ލިޔުއްވައި ކަމުގައި ޝާމިލުވާ އެންމެންނަށް ކަންކަން އަނގްވައިދެއްވަން ނުޖެހޭނެތޯއެވެ؟

މިއަދު އޮންލައިން