ކަރާއޮށުގެ ފެން މިގޮތަށް ތައްޔާރުކޮށްގެން ބުއިމުން ކިޑްނީން ހިލަ ވައްޓާލުމަށް އެހީތެރިވުމުގެ އިތުރުން ގިނަ ބޮޑެތި ފައިދާތަކެއްކުރޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ކަރާއޮށުގެ ފެން މިގޮތަށް ތައްޔާރުކޮށްގެން ބުއިމުން ކިޑްނީން ހިލަ ވައްޓާލުމަށް އެހީތެރިވުމުގެ އިތުރުން ގިނަ ބޮޑެތި ފައިދާތަކެއްކުރޭ!

ކަރާއޮށުގެ ފެން މިގޮތަށް ތައްޔާރުކޮށްގެން ބުއިމުން ކިޑްނީން ހިލަ ވައްޓާލުމަށް އެހީތެރިވުމުގެ  އިތުރުން ހަށިގަނޑަށް ކޮންމެހެން ބޭނުންވާ ގިނަ ބޮޑެތި ފައިދާތަކެއްކުރެއެވެ. 

އެއިގެ ތެރޭގައި:  

ނާރުތަކުގައި ލޭހިނގުން ފަސޭހަކޮށްދޭ، ސިކުނޑީގެ ބައިތަކަށް ތާޒާކަން ގެނެސްދޭ، ކުޑަކަމުދިއުމުގެ ނިޒާމަށް ޖެހޭ މައްސަލަތައް ޙައްލުކޮށްދޭ، ކިޑްނީގަ ހުންނަ ހިލައާ ވެލިފަދަ ތަކެތި އަމިއްލައަށް ނައްޓައި ވެއްޓެން އެހީތެރިވެދޭ، ހިތަށް ދުޅަހެޔޮކަން ގެނެސްދީ ލޭގެ ޕްރެޝަރ ބެލެންސްކުރަން އެހީތެރިވެދޭކަން ވަނީ ދިރާސާތަކުން އެނގިފައެވެ. 

ބޭނުންވާ ތަކެތި: 

2 މޭޒުމަތީ ސަމުސާ ތާޒާ ކަރާއޮށް

1 ލިޓަރު ފެން

4 ލޮނުމިދު (ރަނގަޅު ސައިޒުގެ)

ތައްޔާރުކުރާނެ ގޮތް: 

ކަރާއޮށްތައް ގްރައިންދަރަކުން މުގުރައިލާށެވެ. ލޮނުމިދު ޗިސްކޮށްލާށެވެ! ފުރަތަމަ ފެންފޮދު ކައްކައިލާށެވެ. ކެކުމުން ލޮނުމިދާއި ކަރާއޮށްކޮޅު އެއްކޮށްލުމަށްފަހު 5 މިނިޓްވަންދެން ކައްކާށެވެ! 

ކެއްކުމަށްފަހު ބާލައި 40 މިނިޓްވަންދެން ބަހައްޓާށެވެ. ބުއިން އެހެރި ތައްޔާރުވެފައެވެ. ބާކީ ފްރިޖްގައި ބަހައްޓައިގެން މަދުވެގެން ދުވާލަކު 1 ފަހަރު ބޭނުންކުރާށެވެ. ނަމަނަމަ ހަކުރުފަދަ ތަކެތި އެއްނުކުރާށެވެ. 

ޚާއްޞަކޮށް އަނހެން ކުދިންގާތު ބޮޑު ސިއްރެއް ބުނާނަމެވެ. އެއީ ކަރާއޮށް ހަނާކޮށްގެން ކެއުމުން އިސްތަށިގަނޑު ވަރުގަދަވެ އޮފްއަރާނެ ވާހަކައެވެ. އެއިރުން ލޯބިވެރިޔާ ވަރަށް ލައިކްވާނެދޯއެވެ! 

- ފަޒީގެ ޓީމުން ތަޖުރިބާކޮށްފަ

މިއަދު އޮންލައިން