ސީއެމްބިއުލާންސް ލިބެންނެތް ޙާލަތުގައި، ބަލިމީހުން އުފުލުމަށް އަމިއްލަ ކުންފުންޏަކާއެކު އާސަންދައިން ސޮއިކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ސީއެމްބިއުލާންސް ލިބެންނެތް ޙާލަތުގައި، ބަލިމީހުން އުފުލުމަށް އަމިއްލަ ކުންފުންޏަކާއެކު އާސަންދައިން ސޮއިކޮށްފި

ސީއެމްބިއުލާންސް ލިބެންނެތް އެމަރޖެންސީ ޙާލަތުގައި، ބަލިމީހުން އުފުލުމަށް އަމިއްލަ ކުންފުންޏަކާއެކު އާސަންދައިން ސޮއިކޮށްފިއެވެ.

އެމަރޖެންސީ ހާލަތުގައި ކަނޑުމަގުން ބަލިމީހުން އުފުލުމަށް ސީއެމްބިއުލާންސްގެ ޚިދުމަތް ނުލިބޭ ފަހަރުތަކުގައި، އދ. އަތޮޅުގެ އެއްރަށުން އަނެއް ރަށަށާއި މާލެއަށް، ބަލިމީހުން ގެންގޮސްދިނުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ސްޕީޑް ލޯންޗްދަތުރުގެ ޚިދުމަތްދޭ ކުންފުންޏެއް ކަމަށްވާ އެޗް.އެމް.އެޗް.އައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ އާސަންދައިން ސޮއިކުރީ 2 ސެޕްޓެމްބަރ 2021 ވީ ބުރާސްފަތި ދުވަހުއެވެ.

އެއް އަހަރުދުވަހުގެ މުއްދަތަށް ވެވުނު މި އެއްބަސްވުމުގައި އާސަންދައިގެ ފަރާތުން ސޮއެކުރެއްވީ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ރަޝީދެވެ. އަދި އެޗް.އެމް.އެޗް.އައި ކުންފުނީގެ ފަރާތުން ސޮއެކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ މޫސާ އިބްރާހީމެވެ. މިއެއްބަސްވުމުގެ ދަށުން، ބުނެވިދިޔަފަދަ ޙާލަތުގައި، މިކުންފުނިން ކަނޑައަޅާ ކެޕޭސިޓީއެއްގެ ސްޕީޑް ލޯންޗެއްގެ ޚިދުމަތް ބަލިމީހާއަށް ލިބިގެންދާނެއެވެ. އަދި، އާސަންދައިން ޚިދުމަތަށް އެދޭތާ ވަކިވަގުތެއްގެ ތެރޭގައި ދަތުރު ފެށިގެންދާނެއެވެ.

އދ. އަތޮޅުގައި ފަށައިގަނެވުނު މިޕްރޮޖެކްޓަކީ އަޖުމަބެލުމުގެ ގޮތުން ފެއްޓުނު ޕްރޮޖެކްޓަކަށްވާތީ، މިކަމުގެ ސަބަބުން ޚިދުމަތަށް އަންނަ ބަދަލުތައް ދިރާސާކޮށް، މިކަމުގެ ސަބަބުން ޚިދުމަތް އަވަސްވެ ޚިދުމަތުގެ ފެންވަރު ރަގަޅުވާކަމަށް ފާހަގަކުރެވިއްޖެނަމަ، މިޕްރޮޖެކްޓް އެހެން އަތޮޅުތަކަށް ފުޅާކުރުމަށް ވިސްނާފައި ވާކަމަށް އާސަންދައިން ވަނީ ބުނެފައެވެ. 

މިއަދު އޮންލައިން