މިހާރު ޜާއްޖެ އައިސް އުޅޭ ފަތުރުވެރިން ފެންވަރައި އަންނައުނު ދޮވެ ހިއްކާ ތަނަކަށް މިސްކިތްތައް ހަދައިފިއެވެ. މިހާރަށް ގިނަވީމާ ނިދުން ވެސް އޮންނާނީ މިސްކިތްތަކުގައިކަމަށްވެދާނެއެވެ.
ޚަބަރުގައިވާ ފޮޓޯއަކީ ވިލިމާލޭގެ މިސްކިތަކުން ފަތުރުވެރިއަކު އެއްޗެތި ދޮވެފައި ހިއްކަން އަޅާ ފޮޓޯއެކެވެ. މި ފޮޓޯ އިމާމަކު ވަނީ އިމާމުންގެ ގްރޫޕެއްގައި ޝެއާވެސްކޮށްފައެވެ. މިސްކިތްތަކުގެ ޙުރުމަތް ކެނޑިނަމަވެސް ކުރެވޭނެ ކަމެއް ބުނެވޭނެ ބަހެއް ނެތީ ރާއްޖޭގެ މިހާރުގެ "ބެލެނިވެރިޔާގެ ދަރިން" ކުރާ ކަމަކަށްވާތީ ކަމަށް ބެލެވެއެވެ.
މިފަދަ ކަންކަން ފެނުމުން ބައެއް ދިވެހި ރައްޔިތުން ބުނަނީ އެމީހުންނަށްވެސް މިސްކިތްތަކުން އެއްޗެތި ދޮވެ ފެންވަރާ ހެދޭނަމަ ގޭގެ ފެންބިލްކުޑަވެފައި ހިއްކަންވެސް ފަސޭހަވާނެ ކަމަށެވެ.