"މިއަދު އިސްލާމް ފޮތެވެ. މާދަމާ ކީރިތި ޤުރުއާން ކޮށާ މަށަން އަމާޒު ހިފާނެއެވެ. މިއީ ރޭވިގެން މިޤައުމު ލާދީނިއްޔަތަށް ގެންދިއުމަށް ކުރެވޭ މަސައްކަތްތަކެއް!"
މިއީ ޝައިޚް އަޙްމަދު ރިމާޒް އޮގަސްޓް މަހުގެ 29 ވަނަ ދުވަހު ވިދާޅުވެފައިވާ ބަސްފުޅެކެވެ.
ދަރިވަރުންނަށް ކިޔަވައިދޭ ކޮންމެ ފޮތެއްވެސް ޚާއްޞަކޮށް ދީނީ ޢިލްމާއި ކީރިތި ޤުރްއާނުގެ ފޮތްތައް ނެރެ ދަރިވަރުންނަށް ދޭންޖެހޭނީ ބަލަންހުރި ކަންކަމަށް ރަނގަޅަށް ބެލުމަށްފަހުގައެވެ. ފޮތްތަކުގައި މައްސަލަ ހުރިކަން އެނގެން ޖެހޭނީ ރައްޔިތުން ނުކުމެ މުޒާހަރާކުރާ ހިސާބަށް ކަންކަން ދިއުމަކުން ނޫނެވެ.
ރައްޔިތުން ނުކުތުމުން މައްސަލަ ބަލާނެ ކަމަށް ބުނެ އޮފްއަރުވަން އުޅުނު ނަމަވެސް ޝައިޠޯނީ ނަޖިސް ޢަމަލެއް ޠޯހިރެއް ނުކުރެވޭނެއެވެ.
ޝައިޚް އަޙްމަދު ރިމާޒް މިއަދު ވިދާލުވެފައިވާ މި ބަސްފުޅަކީވެސް ވަރަށް އަގުހުރި ބަސްފުޅެއްކަން ފާހަގަކުރެވެއެވެ.
"އެހެން ފިކުރުތަކަށް" އިޙްތިރާމް ކުރަންޖެހޭނީ އިސްލާމީ ޝަރީޢަތުގެ މިންގަޑުން ވަޒަންކުރުމަށްފަހު އެކަމަށް ޝަރީޢަތުން ބާރު ލިބޭނަމަ ޝައިތާނީ ފިކުރުތަކަށް އިޙްތިރާމް ކުރުމެއް ނުވޭ! ފަށުއި ޢިބާރާތްތަކުން ކަމުގެ ޙަޤީގަތް އޮޅުވާލާ މީސްތަކުން މަގުފުރެއްދުމަކީ ޝައިތާނާގެ މަޅިއެއް."
- ޝައިޚް އަޙްމަދު ރިމާޒް