ރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑް ބާރައިގައި ކިޔަވައިދޭން ޗާޕްކޮށްފައިވާ އިސްލާމް ފޮތުގައިވެސް ޢާޔަތެއް ނުބައިކޮށްލިޔެފައިވާކަން ފާހަގަވެއްޖެއެވެ. މިއީ ޤުރްއާން އޮޅުވާލުމުގެ ނުބައި ފެށުމެއްކަމާމެދު ބިރުގަންނަން މިވަނީ ޖެހިފައެވެ.
ﷲ ތަޢާލާ އެކލާނގެ ފޮތް ޙިމާޔަތްކުރައްވަވާނެތެވެ. މިފަދަ ނުބައި ޢަމަލުތައް ކުރާ މީހުންނަށް ޙައްޤު ޖަޒާ މިންވަރުކުރައްވަވާނެތެވެ. އެފަދަ ޢަމަލުތައް ފަޟީޙަތްވެސް ކުރައްވަވާނެތެވެ.
"ގްރޭޑް 12 ގެ އިސްލާމް ފޮތުގައިވާ ސޫރަތުލް އަންފާލުގެ 74 ވަނަ އާޔަތް ވެސް ވަނީ ނުބައިކޮށް. އަވަސް ފުރުޞަތެއްގައި މިކަންކަން ރަނގަޅު ކުރައްވަންޖެހޭ."
- ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ގްރޭޑް 12 ގެ އިސްލާމް ފޮތުގައިވާ ސޫރަތުލް އަންފާލުގެ 74 ވަނަ އާޔަތް ވެސް ވަނީ ނުބައިކޮށް. އަވަސް ފުރުޞަތެއްގައި މިކަންކަން ރަނގަޅު ކުރައްވަންޖެހޭ.@aisthly @sunbrk @VaguthuOnline @MVIaffairs pic.twitter.com/GHjXXsSA53
— Mohamed Shaheem Ali Saeed (@Mohamedshaheem1) September 4, 2021
'
ޑރ. ޝަހީމް ފާހަގަކުރެއްވި މައްސަލަ އާއި ގުޅިގެން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވެސް ވަނީ ކަންބޮޑުވުން ފައުޅުކުރައްވައިފައެވެ.
"حسبنا الله ونعم الوكيل. މިއީ ވަރަށް ހިތާމަވެރި މައްސަލައެއް. މިފަދަ މައްސަލަތައް ތަކްރާރުވިޔަ ނުދޭން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ."
ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
حسبنا الله ونعم الوكيل.
— Dr.Mohamed Iyaz (@dr_iyaz) September 4, 2021
މިއީ ވަރަށް ހިތާމަވެރި މައްސަލައެއް. މިފަދަ މައްސަލަތައް ތަކްރާރުވިޔަ ނުދޭން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ. @aisthly