ކަލާފާނު ސްކޫލްގެ ދަރިވަރެއްގެ ބޮލަށާ ކަރަށް ކަތުރެއް ހަރާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 40ސ
ކަލާފާނު ސްކޫލްގެ ދަރިވަރެއްގެ ބޮލަށާ ކަރަށް ކަތުރެއް ހަރާލައިފި

ކަލަފާނު ސްކޫލްގެ ދަރިވަރެއްގެ ބޮލަށާއި ކަރަށް ކަތުރެއް ހަރާލައިފިއެވެ. ފުލުހުން ބުނެފައިވަނީ އެ ސްކޫލުގެ 2 ދަރިވަރެއްގެ މެދުގައި މާރާމާރީ ހިންގި މައްސަލައެއް ބަލަމުންގެންދާ ކަމަށެވެ. 

މައުލޫމާތުލިބޭގޮތުން މާރާމާރީ ހިންގާފައިވަނީ ގްރޭޑް 9 ގެ ދެ ދަރިވަރުންނެވެ. އަނިޔާލިބުނު ކުއްޖާއަށްވަނީ އޭޑީކޭ ހޮސްޕިޓަލުން ފަރުވާދީފައެވެ.

ބައެއް ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި މިފަދަ ހަމަލާތައް ދޭތެރެދޭތެރެއިން ހިނގިނަމަވެސް ހަމަ ސަރުކާރުން ހިންގަންފެށި މައްހަދުން ފެށިގެން ޢަރަބިއްޔާގެ މިއަދާއި ހަމައަށް ބެލިނަމަވެސް މިފަދަ އެއްވެސް ޢަމަލެއް މަޢްހަދުގެ ވިޔަސް، ޢަރަބިއްޔާގެ ވިޔަސް ދަރިވަރަކު މިހައިތަނަށް ކުރިކަން އެނގިފައެއް ނުވެއެވެ. ކޮންމެ މީޑިއަމަކުން ކިޔަވައިދިންނަމަވެސް އަޚްލާޤީ މިންގަނޑު ހިފަހައްޓާނަމަ މިފަދަ ޢަމަލުތަކުން ދަރިވަރުން ސަލާމަތް ކުރެވޭނެކަން މިކަމުން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން